logoEN
WAMCO TOP 1
ފުރަތަމަ ކުއާޓާގައި ބީއެމްއެލުން ޓީޓީ ހެދުމަށް 100 މިލިއަން ޑޮލަރު ވިއްކައިފި

ފުރަތަމަ ކުއާޓާގައި ބީއެމްއެލުން ޓީޓީ ހެދުމަށް 100 މިލިއަން ޑޮލަރު ވިއްކައިފި

# ބޭންކް އޮފް މޯލްޑިވްސް# ޑޮލަރު# ޓީޓީ

ބޭންކް އޮފް މޯލްޑިވްސް: ގާފު ފޮޓޯ: އަހްމަދު ޝުރާއު

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓީޓީ އަށް 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ސީއިއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

THE TRAVELLER AD

ބީއެމްއެލްގެ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ސީއީއޯ ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ޓީޓީގެ ގޮތުގައި އެވްރެޖްކޮށް މަހަކަށް ވިއްކާފައިވަނީ 14.6 މިލިޔަން ޑޮލަރުގެ ޓީޓީ ކަމަށެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުޓާގައިވެސް މަހެއްގެ މައްޗަށް 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާކަމަށް ސީއީއޯ ފާހަގަކުރެއްވި އެވެ.

"އެޕްރީލް މަހު އެކަނި އިއްޔެގެ ނިޔަލަށް 27 މިލިޔަން ޑޮލަރު 7200 ޓީޓީއަށް ވިއްކާފައި އެބަވޭ. މި ހަފްތާގައި އާދިއްތަ ދުވަހާއި ހޯމަ ދުވަހު މި 2 ދުވަހު އެކަނިވެސް 2 މިލިޔަން ޑޮލަރު 615 ޓީޓީއަށް ވިއްކާފައި އެބަވޭ. މިއަދުވެސް ވިއްކާނެ." ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ މުދާ އެތެރެކުރުމަށާއި ބޭރުގެ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު މި މަހުގެ ތެރޭގައި 2 ގުނައަށް އިތުރުވެފައިވާއިރު، އެއީ ފުރަތަމަ ކުއާޓާގައި މަހަކަށް ކާޑުތަކަށް 40 މިލިޔަން ޑޮލަރެވެ. މިދިޔަ އަހަރު ކާޑުތަކަށް ވިއްކާފައިވަނީ މަހަކަށް 32.5 މިލިޔަން ޑޮލަރު އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 27% އިތުރުވުމެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.24 ބިލިޔަން ރުފިޔާ އެވެ. ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ %24 އަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި މި އަދަދު ހުރީ %25 ގައެވެ.

ކޮމެންޓް
ފަހުގެ
HDC