logoEN
WAMCO TOP 1
ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފިލިޕީންސްގެ އައު ސަފީރާއެކު މަޝްވަރާކޮށްފި

ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފިލިޕީންސްގެ އައު ސަފީރާއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/10/2026, 12:45:58 PM

# ހެލްތު މިނިސްޓްރީ

-

މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ، ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު، ހިޒް އެކްސަލަންސީ ނީނާ ޕަޑީޔަ ކައިންގލެޓްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ގޮތުން ދެޤައުމުގެ މެދުގައި ކުރިން ވެފައިވާ އެއްބަސްވުންތައް އަލުން މުރާޖާކޮށް (ރިވިއުކޮށް)، ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

ޚާއްޞަގޮތެއްގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ދަށުން "ޑިޖިޓަލް ހެލްތު" ކުރިއެރުވުމަށާއި، ރާއްޖެއަށް ބޭނުންވާ ޞިއްޙީ ދާއިރާގެ ފަންނީ شارޫއީން ފިލިޕީންސުން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދިވެހި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ފިލިޕީންސް ސަރުކާރުގެ އެހީގައި ތަމްރީނާއި ތަޢުލީމީ ޚާއްޞަ ފުރުޞަތުތައް ފަހިކުރުމަށް ވެސް ދެ ފަރާތުން އެއްބަސްވިއެވެ.

ޞިއްޙީ ދާއިރާގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާއިން ވެސް މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭ ދާއިރާތަކުން ފިލިޕީންސްގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC