
ޞިއްޙީ ދާއިރާއިން މީހުން ތަމްރީންކުރުމާއި ވިލިމާލޭ ހޮސްޕިޓަލް މަޝްރޫޢާ ގުޅޭގޮތުން ހެލްތު މިނިސްޓަރ، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި
# ހެލްތު މިނިސްޓްރީ-
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ، ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ކޮންގ ޝިއަންހުއާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި އިޖުތިމާއީ ދާއިރާ އިތުރަށް ތަރައްގީކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން ސަފީރު ކޮންގ ޝިއަންހުއާ ވަނީ ދެއްވާފައެވެ. މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ މަޝްރޫޢާ ބެހޭގޮތުންނާއި، ދެޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ މުހިންމު އެކި މަޝްރޫޢުތަކުގެ ސަބަބުން ޒަމާންވީ ރަހުމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ސިއްހީ ދާއިރާއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ޚިދުމަތްތެރިން ޗައިނާގެ އެހީގައި ތަމްރީން ކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ގީލާ އަލީ ވަނީ، ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްޤީގެ އެންމެ މުހިންމު އަދި ބަރޯސާވެވޭ އެއް ބައިވެރިޔާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި ޗައިނާއިން ކޮށްދެއްވަމުންދާ އަގުހުރި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
ގުޅުންހުރި

ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފިލިޕީންސްގެ އައު ސަފީރާއެކު މަޝްވަރާކޮށްފި

ޞިއްޙީ ދާއިރާއިން މީހުން ތަމްރީންކުރުމާއި ވިލިމާލޭ ހޮސްޕިޓަލް މަޝްރޫޢާ ގުޅޭގޮތުން ހެލްތު މިނިސްޓަރ، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ޓެލެމެޑިސިންއާއި ޑިޖިޓަލް ހެލްތު ފުޅާކުރުމަށް މަޝްވަރާކޮށްފި




