logoEN
WAMCO TOP 1
ހިތަދޫގައި މަސްތުވާކެތި ބޭނުންކުރި ގެއެއް ބަންދުކުރުމަށް އަމުރެއް ނެރެފި

ހިތަދޫގައި މަސްތުވާކެތި ބޭނުންކުރި ގެއެއް ބަންދުކުރުމަށް އަމުރެއް ނެރެފި

# ފުލުހުން# މަސްތުވާތަކެތީގެ މައްސަލަ# އައްޑޫ ސިޓީ

-

އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް ބަންދުކުރުމަށް އަމުރުކޮށްފި އެވެ.

THE TRAVELLER AD

މިއީ ހިތަދޫ މެޖިސްޓްރޭޓް ކޯަޓުން ފުރަތަމަ ފަހަރަށް މިކަހަލަ އަމުރެއް ނެރުނު އެވެ.

ފުލުހުން ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ ހިތަދޫ / ލާމިޔާގެއާގެ ބަންދުކުރުމަށްކަމަށެވެ. އެތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފެށީ މި އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން 3 މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށ ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ އެވެ.ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ބުނެ އެވެ. އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ފާހަގަކުރެެ އެވެ.

ކޮމެންޓް
ފަހުގެ
HDC