logoEN
WAMCO TOP 1
ހުޅުމާލޭގައި ބާއްވާ "އޯޝަން ފެސްޓިވަލް" ގައި ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލައިފި

ހުޅުމާލޭގައި ބާއްވާ "އޯޝަން ފެސްޓިވަލް" ގައި ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/13/2026, 3:20:44 PM

# ހުޅުމާލެ

-

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޯޝަން ފެސްޓިވަލް" ގައި، މޭޒު ބަހައްޓައިގެން ލުއި ކާނާއާއި ފިނި ބުއިންތައް ވިއްކުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

THE TRAVELLER AD

ކަނޑުތަކުގެ ދުވަހުގެ ޚާއްޞަ ޙަރަކާތްތައް ކުރިއަށްދާނީ ކުރިއަށް އޮތް ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ.

ވޭތުވެދިޔަ ދެ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ޚާއްޞަ ތަފާތު މޫދު ކުޅިވަރުތަކާއި، އެކިއެކި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ތަޢުލީމީ އަދި މުނިފޫހިފިލުވުމުގެ ސްޓޯލްތަކާއެކުގައެވެ. މި ފެސްޓިވަލް ކުރިއަށްދާ ވަގުތު އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިންތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ފުރުޞަތު ހުޅުވާލުމުގެ މައިގަނޑު ބޭނުމެވެ.

މި ފެސްޓިވަލްގައި ކާބޯތަކެތި ވިއްކުމަށް ޖުމްލަ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފަސް ފަރާތަކަށެވެ. ޖާގަ މަދުވުމުގެ ސަބަބުން، ވިޔަފާރިތަކަށް ފުރުޞަތު ދިނުމުގައި އިސްކަންދޭނީ ކަނޑައެޅިފައިވާ ފޯމު އެންމެ ފުރަތަމަ ހުށަހަޅާ ފަސް ފަރާތަށް ކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ ސަރުކާރު އޮފީސްތައް ބަންދުވުމުގެ ކުރިން، ކަނޑައެޅިފައިވާ ރަސްމީ ގޫގުލް ފޯމް ލިންކް (https://forms.gle/KQDAr3nQJhZxFK6i8) މެދުވެރިކޮށް ފޯމް ހުށަހަޅަންޖެހޭނެއެވެ. މި ހަރަކާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ، 3339251 ނުވަތަ 3339216 މި ނަންބަރުތަކާ ގުޅުއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC