logoEN
WAMCO TOP 1
ހުޅުމާލޭގެ އާ ޖަލު ޔުނިޓަށް ފުރަތަމަ ބެޗްގެ ޤައިދީން ބަދަލުކޮށްފި

ހުޅުމާލޭގެ އާ ޖަލު ޔުނިޓަށް ފުރަތަމަ ބެޗްގެ ޤައިދީން ބަދަލުކޮށްފި

އަހުމަދު ޝުރާއު

logo

5/24/2026, 11:05:17 AM

# ހުޅުމާލެ

-

ހުޅުމާލޭ ޕްލޮޓް ނަންބަރު 10623 ގައި އަލަށް ބިނާކުރާ ދެ ބުރީގެ ޢިމާރާތުގެ ތެރެއިން، 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓުގެ ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އިއްޔެ އެ ތަނަށް ފުރަތަމަ ބެޗްގެ 16 ޤައިދީން ބަދަލުކޮށްފިއެވެ.

THE TRAVELLER AD

ކަރެކްޝަންސްއިން މިއަދު ބުނީ އަލަށް ތަރައްޤީކުރި މި އިމާރާތަކީ ޖުމްލަ 5 ސެލް ބްލޮކް ހިމެނޭ ގޮތަށް، ހޯލްޑިންގ ސެލްތަކާއި އެއަރކޮންޑިޝަނާއެކު ބިނާކުރި ޒަމާނީ ޔުނިޓްތަކެއް ކަމަށެވެ.

މި ޔުނިޓް ޚާއްޞަކުރެވިފައިވަނީ ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންގެ ތެރެއިން، މާލޭ އޭރިއާގައި ފަންނީ އެކިއެކި މަސައްކަތްތަކުގައި އުޅޭ ޤައިދީން ބޭތިއްބުމަށެވެ.

މި ޢިމާރާތުގެ ގްރައުންޑް ފްލޯގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން، ކޯޓުތަކަށާއި މެޑިކަލް ބޭނުންތަކަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭތިއްބުމަށް ބޮޑު ލުއިކަމެއް ލިބި، ދަތުރުފަތުރަށް ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިހާރު މި ޚިދުމަތް ދެމުންދަނީ ޖާގައިގެ ދަތިކަމާއި، ލޮޖިސްޓިކްސްގެ އުނދަގޫތަކުގެ އިތުރުން މޫސުމީ ގޮތުން ދިމާވާ ގޮންޖެހުންތަކާއެކު، އޮފިސަރުންނަށް ބޮޑު ރިސްކެއް އޮތް ބުރަ މަސައްކަތެއްގެ ގޮތުގައެވެ. ނަމަވެސް ހުޅުމާލޭގައި އަލަށް ބިނާކުރާ މި ޔުނިޓާއެކު އެ ހުރިހާ ގޮންޖެހުންތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC