logoEN
WAMCO TOP 1
މީދޫ ކައުންސިލް ރައީސްކަން ޕީއެންސީ ކެންޑިޑޭޓް ކާމިޔާބުކޮށްފި

މީދޫ ކައުންސިލް ރައީސްކަން ޕީއެންސީ ކެންޑިޑޭޓް ކާމިޔާބުކޮށްފި

# ޕީއެންސީ# އީސީ# ދ.މީދޫ

ދ.މީދޫ ކައުންސިލް ރައީސްކަމަށް އިންތިހާބުވި ޕީއެންސީ ކެންޑިޑޭޓް ސުހާ

ދ.މީދޫ ކައުންސިލްގެ ރައީސްއަކު ހޮވުމަށް ބޭއްވި އިތުރުބުރުގެ އިންތިހާބުގައި ބޮޑުތަފާތަކުން ވެރިކަންކުރާ ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމް މިއަދު ކާމިޔާބުކޮށްފި އެވެ.

THE TRAVELLER AD

މި އިންތިހާބުގައި ރައީސްކަމަށް ސުހާގެ އިތުރުން ދެން ވާދަކުރީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 1049 މީހުންނަށް ލިބޭއިރު، މިއަދު ވޯޓު ލާފައިވަނީ 985 މީހުންނެވެ.

އެގޮތުން އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީ ކެންޑިޑޭޓް ސުހާ އަށް 529 ވޯޓު ވަނީ ލިބިފަ އެވެ. އަދި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ 449 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށި ބަހައްޓާފައިވާއިރު، ވޯޓުލުން ކުރިއަށް ދިޔައީ ދ. އަތޮޅު މަދަރުސާގަ އާއި އަތޮޅު މަދަރުސާގެ އިތުރުން މާލޭގެ ދަރުމަވަންތަ ސްކޫލުގަ އެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:00 އިން ފެށިގެން 4:00 އާ ހަމައަށެވެ.

އީސީން ބުނީ ދ. މީދޫ ވޯޓު ފޮއްޓަށް ވޯޓުލުމަށް 587 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، މާލެއަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 462 މީހުންނެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަގާމުގެ އިތުރުބުރެއް ނެގުމަށް ނިންމީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމް ކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެވެ.

ކޮމެންޓް
ފަހުގެ
HDC