logoEN
WAMCO TOP 1
ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފަށައިފި

ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

5/2/2026, 12:18:14 PM

# އެމެރިކާ

-

އެމެރިކާގެ ލޯ ކޮސްޓް ކެރިއާ ސްޕިރިޓް އެއާލައިންސް އިން އެއާލައިންގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަރުހަލާ ފަށައިފި އެވެ.

THE TRAVELLER AD

ކުންފުނި އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފެށިކަން ހާމަކޮށް މިއަދު ސްޕިރިޓް އެއާލައިންސްއިން ނެރުނު ބަޔާނެއްގައި ބުނީ އެއާލައިންގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް ކަސްޓަމަރ ސާވިސްގެ ހިދުމަތްވެސް މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް އެ ކުންފުނީގެ އޮޓޮމެޓިކް ރިފަންޑް ޕްރޮސެސް ބޭނުންކޮށްގެން ޓިކެޓަށް ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.

"މިދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އަލްޓްރާ ލޯ ކޮސްޓް މޮޑެލްގެ ސަބަބުން ސިނާއަތަށް ކުރި އަސަރާ މެދު ފަޚުރުވެރިވޭ. ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން މެހެމާނުންނަށް ހިދުމަތް ދިނުމަށް އުންމީދު ކުރިން،" ބަޔާނުގައިވެ އެވެ.

ސްޕްރިޓް އެއާލައިންގެ އޮޕަރޭޝަންތައް ހުއްޓާލުމާއި ގުޅިގެން 17،000 އެއްހާ ވަޒީފާއަށް އަސަރު ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އެ އެއާލައިނުން ބުނީ އެ ކުންފުނީގެ މާލީ ކުރިމަގަށް އަސަރުކުރީ ތެލުގެ އަގު ބޮޑުވުމާއި އެ ކުންފުނީގެ ވިޔަފާރިއަށް "އެހެން ޕްރެޝަރުތަކެއް" ކުރިމަތިވުމުން ކަމަށެވެ. އީރާނުގެ ހަނގުރާމައިގެ ސަބަބުން އޭޕްރީލް މަހުގެ ފަހުކޮޅު ތެލުގެ އަގު ގޭލަނަކަށް 4.5 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ 2026 ވަނަ އަހަރަށް އެ ކުންފުނިން ލަފާކުރި މިންވަރަށް ވުރެ ދެގުނައަށް ވުރެ ބޮޑު އަދަދެކެވެ.

ކޮމެންޓް
ފަހުގެ
HDC