logoEN
WAMCO TOP 1
ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާ ގުޅޭ ގަވާއިދު ގެޒެޓުކޮށްފި: ޚިލާފުވާ ފަރާތްތައް 1 ލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ!

ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާ ގުޅޭ ގަވާއިދު ގެޒެޓުކޮށްފި: ޚިލާފުވާ ފަރާތްތައް 1 ލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ!

އަހުމަދު ޝުރާއު

logo

6/12/2026, 5:36:40 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގައި ސިންގަލް-ޔޫސް ޕްލާސްޓިކް (އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް) ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެކުލަވާލާފައިވާ "ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމާ ގުޅޭ ގަވާއިދު" (ގަވާއިދު ނަންބަރު: 51-އާރ/2026) ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިޢުކޮށް އަމަލުކުރަން ފަށައިފިއެވެ.

THE TRAVELLER AD

މި މަހުގެ 9 ވަނަ ދުވަހު ގެޒެޓުކުރި މި ގަވާއިދަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މުހިންމު ގަވާއިދެކެވެ.

މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތައް ދޭ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބޭރުން އެތެރެކުރުމާއި، އަދި ވަކި ތަރުތީބަކުން ރާއްޖޭގެ ބާޒާރަށް ނެރުން މަނާކޮށް އެފަދަ ތަކެތި ބޭނުންކުރުން އެއްކޮށް ހުއްޓުވުމެވެ. މި ގަވާއިދު ހަރުދަނާކަމާއެކު ތަންފީޛުކުރުމުގެ އެންމެހާ ޒިންމާތައް މަތިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) ގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، މަނާކޮށްފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރާ، އުފައްދާ ނުވަތަ ބާޒާރަށް ނެރެ ވިއްކާ ފަރާތްތަކާމެދު އިދާރީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ތަންފީޛީ އިދާރާތަކަށް މިހާރު ވަނީ ލިބިދީފައެވެ. އެގޮތުން ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަމަ ރަސްމީކޮށް ނަސޭހަތްތެރިވާނެއެވެ. ނަމަވެސް، ކުށް ތަކުރާރުކޮށްފިނަމަ އެތެރެކުރާ ނުވަތަ އުފައްދާ ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމާނާކުރަމުންދާނެއެވެ.

މިގޮތަށް ތަކުރާރުވުމުގެ ސަބަބުން ކުރެވޭ ޖުމްލަ ޖޫރިމާނާގެ އަދަދު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ފިޔަވަޅުތައް އެޅޭނީ ކުނި މެނޭޖުކުރުމުގެ ޤާނޫނާއި އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަނާކުރައްވާފައިވާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރާ ވިޔަފާރިތަކަށެވެ.

ކޮމެންޓް
ފަހުގެ
HDC