
ކެޓެނޭޓް މަޝްރޫޢުގެ ދުވެލި ހަލުވިކުރަން ސްޓިއަރިންގ ކޮމިޓީގެ ތިންވަނަ ބައްދަލުވުން ބާއްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ކެޓެނޭޓް މަޝްރޫޢުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ފުރިހަމައަށް ޙާޞިލުކުރުމަށްޓަކައި ބާއްވާ އެ މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ތިންވަނަ ބައްދަލުވުން އިއްޔެ މީރުމާ ހޯލުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މިހާރު ހިނގަމުންދާ މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތުތައް ކޮމިޓީގެ މެންބަރުންގެ މެދުގައި ހިއްސާކުރުމަށާއި، ކުރިއަށް ހުރި ބޮޑެތި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ. ބައްދަލުވުމުގެ ތެރޭގައި، މަޝްރޫޢުގެ އެކި ބައިތަކުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބުގެ ތަފްސީލީ އަޕްޑޭޓްތައް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ އެކި ހަރަކާތްތަކަށް ގެނައުމަށް ނިންމާފައިވާ މުހިންމު ބަދަލުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައެވެ. މަޝްރޫޢުގެ މެނޭޖްމަންޓް ޓީމުން މަޢުލޫމާތުދޭ ގޮތުގައި، މި ގެނެވޭ ބަދަލުތަކަކީ މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތައް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށާއި، މިހާރަށްވުރެ މަސައްކަތުގެ ދުވެލި ހަލުވިކޮށް ނަތީޖާ ނެރުމަށްޓަކައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކެކެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްރޫޢުގެ އިސް ބޭފުޅުންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންފައިވާއިރު، މި މަޝްރޫޢަކީ ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ވަރަށް އުންމީދީ މަސައްކަތްތަކެއް ކުރަމުންދާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި ބަދަލުކުރެވުނު ޚިޔާލުތަކާއި ނިންމުނު ނިންމުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މަޝްރޫޢުގެ މަސައްކަތްތައް މިއަށްވުރެ ހަރުދަނާ ވެގެންދާނެއެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ މަޝްރޫޢުގެ ހުރިހާ ބައިވެރިންވެސް ގުޅިގެން، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް ފުރިހަމަ ޢަޒުމަކާއެކު މަސައްކަތް ކުރުމަށް އެއްބަސްވަމުންނެވެ. ކެޓެނޭޓް މަޝްރޫޢަކީ އެކި ދާއިރާތަކުގެ ގުޅުންތަކާއި ހިންގުން ހަރުދަނާކުރުމަށް ފެށިފައިވާ މުހިންމު މަސައްކަތެކެވެ.
ގުޅުންހުރި

ކެޓެނޭޓް މަޝްރޫޢުގެ ދުވެލި ހަލުވިކުރަން ސްޓިއަރިންގ ކޮމިޓީގެ ތިންވަނަ ބައްދަލުވުން ބާއްވައިފި

މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ، އައިއެމްއެފްގެ ވަފުދާ ބައްދަލުކުރައްވައިފި

"އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ރާއްޖެއިން ބައިވެރިވެއްޖެ




