logoEN
WAMCO TOP 1
"އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

"އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

6/9/2026, 6:43:25 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

އޭޝިއާ ސަރަޙައްދުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ފޯރަމް ކަމަށްވާ "އޭޝިއާ ކްލީން އެނާޖީ ފޯރަމް" ގައި ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

THE TRAVELLER AD

ފިލިޕީންސްގެ މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހެޑްކުއާޓާޒްގައި މި ޖޫން މަހުގެ 8 އިން 11 އަށް ކުރިއަށްދާ މި ބޮޑު ފޯރަމްގައި ރާއްޖޭގެ ވަފުދު އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދެވެ.

"ބިޔޯންޑް ޓްރާންސިޝަން: ބިލްޑިންގ ސެކިއުއަރ، ރެޒިލިއަންޓ، އިންކްލޫސިވް އެންޑް އިންޓެލިޖަންޓް އެނާޖީ ސިސްޓަމްސް" ގެ ޝިއާރުގެ ދަށުން ކުރިއަށްދާ މި އަހަރުގެ ފޯރަމްގައި، ހަކަތައިގެ ނިޒާމުތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ތޫނުފިލި ނިޒާމުތަކަކަށް ހެދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. މި ފޯރަމްގައި ރާއްޖޭގެ ވަފުދުން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ މަތީ ފަންތީގެ ވައުދުތައް އަމަލީ ސިފައެއްގައި ތަންފީޒުކުރުމަށް ބޭނުންވާ މަގުތައް ހޯދުމެވެ. ޚާއްޞަކޮށް، މިއީ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ، ގޭބިސީތަކާއި މުޖުތަމައުތަކަށް ސީދާ ފައިދާ ކުރާނެ ފަދަ ހަކަތައިގެ އެޖެންޑާއެއް އެކުލަވާލުމަށް ރާއްޖެއަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ. ރާއްޖޭގެ ވަފުދުން މި ފޯރަމްގައި ބައިވެރިވެ، ރާއްޖޭގެ ތަޖުރިބާތައް ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ދުނިޔޭގެ އެކި ޖަމްއިއްޔާތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC