logoEN
WAMCO TOP 1
މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ، އައިއެމްއެފްގެ ވަފުދާ ބައްދަލުކުރައްވައިފި

މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ، އައިއެމްއެފްގެ ވަފުދާ ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/10/2026, 12:14:09 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭ ޚާއްޞަ ޓީމަކުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މަތީ ފަންތީގެ ވަފުދަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމަކީ ތިމާވެށީގެ ދާއިރާއިންނާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ބައްދަލުވުމުގެ ތެރެއިން، ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުން އެންމެ އިސްކަންދޭ މުހިންމު ކަންތައްތަކުގެ ތަފްސީލީ މައުލޫމާތު މިނިސްޓަރު ޢަލީ ޝަރީފް ވަނީ އައިއެމްއެފްގެ ވަފުދާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހާސިލްކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކުގެ މައްޗަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ދޭ އަހައްމިއްޔަތު ފާހަގަކުރެއްވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، އައިއެމްއެފްގެ ވަފުދާ އެކު ކުރެވުނު މި ބިނާކުރަނިވި މަޝްވަރާތަކަކީ، ރާއްޖޭގެ ތިމާވެށީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް (Climate Adaptation) ރާއްޖެއަށް ބޭނުންވާ މާލީ ފަންޑިންގއާއި ފަންނީ އެހީތެރިކަން ބައިނަލްއަޤްވާމީ މައިދާނުން ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
ފަހުގެ
HDC