logoEN
WAMCO TOP 1
ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފެށިގެން ކުރިޔަށް!

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

6/12/2026, 11:23:40 AM

# އެމްޑީޕީ

-

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ ނުފޫޒުގަދަ އެއް މަޤާމު ކަމަށްވާ ޗެއަރޕާސަން ހޮވުމަށް ބާއްވާ ޚާއްޞަ އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 14:30 ގައި ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

އެ ޕާޓީން މަޢުލޫމާތު ދޭ ގޮތުގައި ވޯޓުލުމުގެ ކަންކަން މިއަދު މެންދުރުފަހުން ފެށިގެން މިރޭގެ 20:30 އާ ހަމައަށް މެދުކެނޑުމެއްނެތްގޮތަށް ކުރިއަށްދާނެއެވެ.

ޕާޓީގެ ލީޑަރޝިޕް ބަދަލުވެގެންދާނެ މި އިންތިޚާބުގެ ވޯޓުލުން ފެށުމާއެކު މާލެއާއި އަތޮޅުތެރޭގައި ޕާޓީގެ ޢާންމު މެންބަރުންގެ ބޮޑު ސަމާލުކަމެއް މިވަގުތު ވަނީ ހުއްޓިފައެވެ.

މިފަހަރުގެ ފޯރިގަދަ އިންތިޚާބުގައި ޗެއަރޕާސަންކަމުގެ މަޤާމަށް ތިން ބޭފުޅަކު ވާދަކުރައްވަން ހުށަހެޅުއްވި އެވެ. އެއީ އެ ޕާޓީގެ ފުރަތަމަ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޒުވާން މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އިބްރާހިމް މުޙައްމަދުއެވެ. ނަމަވެސް އިބްރާހިމް މުޙައްމަދު ވަނީ އޭނާގެ ނަން އަނބުރާ ގެންގޮސް މީކާއީލްއަށް ތާއީދުކުރައްވާފައި އެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި މި އިންތިޚާބާ ހަމައަށް މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އުފުއްލަވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

އިންތިޚާބުގެ ވޯޓުލުން ވީހާވެސް އިންސާފުވެރި އަދި ފަސޭހަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 241 ވޯޓު ފޮށި ވަނީ އެކި ސަރަހައްދުތަކުގައި ބަހައްޓާފައެވެ. މީގެ ތެރެއިން 240 ވޯޓުފޮށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބަހައްޓާފައިވާއިރު، ރާއްޖޭން ބޭރުގައި ދިރިއުޅޭ މެންބަރުންނަށް ޚާއްޞަކޮށްގެން ސްރީލަންކާގައިވެސް ވަނީ އެއް ވޯޓުފޮށި ބަހައްޓާފައެވެ. މިފަހަރުގެ އިންތިޚާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓާފައިވަނީ ސްކޫލްތަކުގައެވެ. ކުރިން ރަށްރަށުގެ އެމްޑީޕީ ހަރުގެތަކުގައި ފޮށިތައް ބަހައްޓަން ނިންމި ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކޮށް ރަށްރަށުގެ ސްކޫލްތަކަށް ވޯޓުލުން ވަނީ ބަދަލުކޮށްފައެވެ. މާލޭގައި ވޯޓުލުން ކުރިއަށްދަނީ މައިގަނޑު 10 ސްކޫލެއްގައެވެ. އެއީ ހުރަވީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، އިސްކަންދަރު ސްކޫލް، މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން ސްކޫލް އަދި ކާމިލްދީދީ ސްކޫލެވެ.

އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ރަސްމީ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި ރަޖިސްޓްރީވެފައި ތިބީ 43,784 މެންބަރުންނެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ އިދާރީ ހިންގުމުގެ ތެރެއިން މިއަދު ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެމްޑީޕީން ނެރެފައިވާ ދާއިމީ ވޯޓާސް ލިސްޓުގައި ޖުމްލަ 48،912 މެންބަރުން ހިމެނެއެވެ. ވޯޓުލުން ނިމުމާއެކު މިރޭގެ ވަގުތެއްގައި ނަތީޖާ ފާޅުކުރުމުގެ މަސައްކަތް ޕާޓީގެ ސެކްރެޓޭރިއަޓުން ކުރިއަށްގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC