
-
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެންޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޞާލިޙް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ކުރިއަށް އޮތް ބައި-އިލެކްޝަނަށް އެ ޕާޓީން ކުރަމުންދާ ކެންޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދާ އެކި ކެންޕެއިން ހަރަކާތްތަކުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.


.jpeg&w=3840&q=75)
%20(2).webp&w=3840&q=75)

