logoEN
WAMCO TOP 1
ދިވެހިންގެ ހޭންޑްބޯޅަ ކަޕްގެ ނަމުގައި މެލޭޝިއާގައި ކާމިޔާބު ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފި

ދިވެހިންގެ ހޭންޑްބޯޅަ ކަޕްގެ ނަމުގައި މެލޭޝިއާގައި ކާމިޔާބު ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފި

ހަސަން ޝަމްއޫން

logo

6/11/2026, 3:07:22 PM

# ދިވެހި ކުޅިވަރު

މެލޭޝިއާގައި ބޭއްވި ދިވެހިންގެ ހޭންޑްބޯޅަ ކަޕް 2026..

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާންމުކޮށް ހުޅުވާލެވިގެން ބޭއްވި ދިވެހިންގެ ހޭންޑްބޯޅަ ކަޕް 2026 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

6 ޖޫން 2026 އިން 9 ޖޫން 2026 ނިޔަލަށް މެލޭޝިއާގައި ދެ ޑިވިޝަނަކަށް ބަހާލެވިގެން ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ވާދަކުރިއިރު، އޭގެ ތެރޭގައި ހިމެނޭނީ އަންހެން ހަތަރު ޓީމާއި ފިރިހެން ފަސް ޓީމެވެ. އަދި މިމުބާރާތުގައި ރާއްޖެ ހޭންބޯޅައިގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިން ވެސް ފެނިގެން ގޮސްފައިވެއެވެ.undefined

ލީގު އުސޫލުން ކުރިއަށް ގެންދިޔަ މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާޖީލަކަށް ހޯދިއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އާރުޑީއެލް ސްޕޯޓްސް ކުލަބުންނެވެ.

އެގޮތުން އަންހެން ޑިވިޝަންގެ ފައިނަލުގައި ހަވަރު ސްޕޯޓްސް ކުލަބާއި ވާދަކޮށް އާޖީލަކަށް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 8-7 ގެ ނަތީޖާއަކުންނެވެ. އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އާރުޑީއެލް އިން ހޯދީ ފައިނަލުގައި ފޯރިގަދަ ކުޅުމަކަށްފަހު 11-9 ގެ ނަތީޖާއަކުން އާޖީލަކަށް ބަލިކުރުމަށްފަހު އެވެ.undefined

މިމުބާރާތަކީ މެލޭޝިއާގައި ކިޔަވަން އުޅޭ ދަރިވަރުތަކެއް އިސްނަގައިގެން އެގައުމުގައި ކިޔަވަން އުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކޮމެންޓް
ފަހުގެ
HDC