
އިންޓަ އޮފީސް މޭރީ ފައިގެތަޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# ދިވެހި ކުޅިވަރު # މޭރީ ފައިގެތަޅާ މުބާރާތްމޭރީ ފައިގެތަޅާ މުބާރާތް 2025 ގެ އަންހެން ޑިވިޝަން ޗެމްޕިއަން ޓީމު..
ގއ. ވިލިގިލީގައި ހަރަކާތްތެރިވާ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ މޭރީ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކޮށް އެރަށުގައި ބާއްވާ ދެވަނަ "އިންޓަރ އޮފީސް ފައިގެތަޅާ މުބާރާތުގައި" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޭރީ ސްޕޯޓްސް ކުލަބުގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިމުބާރާތަކީ ވިލިގިލީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށާއި ދިވެހި ސަގާފީ ކުޅިވަރެއްކަމަށްވާ "ފައިގެތަޅާ" ގެ ކުރިއެރުވުމުގެ މަގުސަދުގައި އެކުލަބުން ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.
ޖޫން 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 10،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 22:00 ގެ ކުރިން ޓީމު ލިސްޓު މޭރީ ސްޕޯޓްސް ކުލަބުގެ ރަސްމީ ޖީމެއިލް އަށް ފޮނުވުމަށް އެކުލަބުން ވަނީ އެދިފައެވެ. އަދި މުބާރާތާއި ބޭހޭގޮތުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންފުޅުވާ ފަރާތްތަމުން 9998407 ނުވަތަ 7500600 ނަަންބަރު ފޯނަށް ގުޅުމަށް އެކުލަބުން ވަނީ އެދިފައެވެ.
ގުޅުންހުރި

އިންޓަ އޮފީސް މޭރީ ފައިގެތަޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

458 ކުޅުންތެރިންނާއެކު ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދަނީ

މެލޭޝިއަން މާސްޓާރސް: ހުސީ، ކެވިން އަދި އާމިރު ގޯލްޑް މެޑަލް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް 12 މެޑަލް!




