logoEN
WAMCO TOP 1
458 ކުޅުންތެރިންނާއެކު ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދަނީ

458 ކުޅުންތެރިންނާއެކު ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދަނީ

ހަސަން ޝަމްއޫން

logo

6/8/2026, 7:39:46 AM

# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ކެރަމް މުބާރާތް ފެށިގެން ކުރިއަށްދަނީ.. ފޮޓޯ: ގާފު ސްޕޯޓްސް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ މިއަހަރުގެ ރާއްޖެ ޖޫނިއާ ޗެމްޕިންޝިޕް ކެރަމް މުބާރާތް ހޮނިހިރު ދުވަހު ފަށައިފިއެވެ.

THE TRAVELLER AD

5 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލެ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި 16 ސްކޫލަކުން 458 ކުޅުންތެރިން ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން 14 އަހަރާއި 16 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާގައި ސިންގަލް، ޑަބަލްސް އަދި ޓީމު އިވެންޓް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިހާތަނަށް ހުރިހާ އުމުރުފުރައެއްގެ ޑަބަލްސް މެޗުތައް ކުޅެ ނިމިފައިވާއިރު، 14 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓް ފައިނަލުގައި އަލީ އާލިފް އާޒިމް އާއި މިޝާލް އަބްދުލް މަޖީދުގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަލީ އަހްކަމް އާދަމް އާއި މުހައްމަދު ލީން އަހުމަދުގެ ޕެއާ އިންނެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓް ފައިނަލުގައި އީލާފް ހަސަން ޚަލީލް އާއި ޒިއުނާ ބިންތި ނަޝީދުގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަލީ އަނޫމް އަޙްމަދު ވަސީމް އާއި ޢާއިޝަތު އަނާ އިބްރާހީމް ޕެއާ އިންނެވެ.

16 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓް ފައިނަލުގައި އަހުމަދު ޝަމާލް ސައުދުالله އާއި އަބްދުއްމާލިކް ހަސަން އަބްދުއްލަތީފްގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަބްދުالله ކިޔާން ބިން ޝާޒް / ޒާހިލް ޒާލިފް އަހުމަދުގެ ޕެއާ އިންނެވެ. އަދި 16 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓް ފައިނަލުގައި ސޯފިޔާ ސުނާން ޝާކިރު އާއި އުމާމާ ބިންތު ހަސަން ޝިހާމްގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހާޖަރު ބިންތު މުހައްމަދު ތައުފީގު އަލީ އާއި އާމިނަތު ކައިސާ ބިންތީ އަބްދުاللهގެ ޕެއާ އިންނެވެ.

19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިވެންޓް ފައިނަލުގައި އީނާލް ހުސައިން އަބްދުއްރަޝީދު އާއި އަހުމަދު ނައިސާމް ނިސާހުގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިސްމާއީލް ޝަމްހާން ޝާހް އާއި މުހައްމަދު އަމީން އަހުމަދުގެ ޕެއާ އިންނެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓް ފައިނަލުގައި އައިޝަތު މައިލާހު އާދަމް ޒާހިރު އާއި ސާރާ ހަސަން އަބްދުއްލަތީފްގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އައްބާސް އާއި ފާތިމަތު ޒައިން ޝާމިންގެ ޕެއާ އިންނެވެ.

ކޮމެންޓް
ފަހުގެ
HDC