
-
ވޯލްޑް މުސްލިމް ލީގު (ރާބިޠަތުލް ޢާލަމިލް އިސްލާމީ) ގެ ޚާއްޞަ ދައުވަތަކަށް، ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ވަޒީރު ޑރ. ޝަހީމް މެލޭޝިޔާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިން ވަނަ "އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026″ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސަމިޓަކީ މެލޭޝިޔާގެ ޕްރައިމް މިނިސްޓަރސް އޮފީހާއި ، މުސްލިމް ވޯލްޑް ލީގުގެ އިތުރުން މެލޭޝިޔާގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް ގުޅިގެން ބާއްވާ މުހިންމު ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.
ދުނިޔޭގެ އެކި ކޮޅުތަކުން އިސްލާމީ އަދި ދީނީ ބޮޑެތި ޢިލްމުވެރިންނާއި ލީޑަރުން ބައިވެރިވާ މި ސަމިޓުގައި، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދީނީ މެދުގިންތީގެ އުޞޫލުތައް ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝަހީމް މެލޭޝިޔާއަށް!

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރަށް ހުޅުވާލައިފި

އިސްލާމީ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލަނީ




