
އިސްލާމީ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލަނީ
# އިސްލާމިކް މިނިސްޓްރީ-
ހިޖުރީ ގޮތުން 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ދެ ޢީދު (ފިޠުރު ޢީދާއި އަޟްޙާ ޢީދު) މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު މީޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން މިހާރު ފަށާފައިވާ ކަމަށެވެ. މި ޕްލޭނަކީ އައު ގަވާއިދުތަކެއް ހެދުމުގެ ބަދަލުގައި، ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ޢީދު ދުވަހުގެ މުނާސަބަތުގައި ހިންގާނެ ޚާއްޞަ ހަރަކާތްތަކެއް ރޭވުމަށް އެކުލަވައިލާ ޕްލޭނެއްކަން މިނިސްޓަރު ވަނީ ސާފުކޮށްދެއްވާފައެވެ.
މި ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، އަތޮޅުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ ސިޓީތަކުގައި ޢީދު ފާހަގަކުރުމަށް ބޮޑެތި އަދި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޢީދުގެ ހަރަކާތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ވެސް ގުޅިގެން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދާނެއެވެ.
ގުޅުންހުރި

އިސްލާމީ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލަނީ

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް

މިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!




