
މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް
# އިސްލާމިކް މިނިސްޓްރީ# ރައީސް މުއިއްޒު# މޯލްޑިވްސް ޒަކާތު ހައުސްފޮޓޯ: ޒަކާތު ހައުސް
މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން، 2025ވަނަ އަހަރުގެ އެޕްރީލު މަހު ހޭދަކުރި 2,828,118.28 ރުފިޔާއާ އަޅާބަލާއިރު، 2026ވަނަ އަހަރުގެ އެޕްރީލު މަހު ޖުމްލަ 3,811,259.91 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.
2026 އެޕްރީލު މަހުގެ ހޭދަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާޢީ ފައިދާއަށް ހިންގާ ހަރަކާތްތަކަށެވެ.
ފަޤީރުންނާއި މިސްކީނުންނަށް ދިން އެހީ އިތުރުވުން
ފަޤީރުންނާއި މިސްކީނުންގެ ބައިން ކުރި ހޭދަ 2025 އެޕްރީލު މަހު ހުރީ 1,179,397.99 ރުފިޔާގައެވެ. 2026 އެޕްރީލު މަހު މި ޢަދަދު ވަނީ 1,449,239.39 ރުފިޔާއަށް އިތުރުވެފައެވެ.
މި ބައިގެ ތެރެއިން:
- ޟަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 ރުފިޔާއިން 182,731 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
- ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ 1,136,897.99 ރުފިޔާއިން 1,266,508.39 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
އިދާރީ ހޭދަތައް ކުޑަވުން
ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ.
2025 ވަނަ އަހަރުގެ އެޕްރީލު މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލު މަހު މި އަދަދު ވަނީ 195,003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.
ފީސަބީލިﷲ މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް
ފާއިތުވީ އެޕްރީލު މަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ "ފީސަބީލިﷲ" ބައިން ކުރި ހޭދަތަކަށެވެ.
އެގޮތުން މި ދާއިރާއަށް ކުރި ހޭދަ 2025ވަނަ އަހަރުގެ އެޕްރީލު މަހު 1,103,590.47 ރުފިޔާގައި ހުރިއިރު، މި އަހަރުގެ އެޕްރީލު މަހު ވަނީ މި ޢަދަދު 2,167,016.73 ރުފިޔާއަށް އިތުރުވެފައެވެ. ސަބަބަކީ އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފުޅާވެފައިވުމެވެ.
ހޭދަކުރި މައިގަނޑު ދާއިރާތަކަކީ:
- މަތީ ތަޢުލީމު ފުރިހަމަކުރުމަށް ދިން އެހީ: 290,274.76 ރުފިޔާ
- ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރުއާނުގެ ޢިލްމު ފެތުރުން: 1,093,749.47 ރުފިޔާ
- އަތޮޅު ތެރޭގައި ޤުރުއާން ސެންޓަރުތައް ބިނާކުރުން: 782,992.50 ރުފިޔާ
ދަތުރުވެރިންނަށް ދޭ އެހީ
"އިބްނުއްސަބީލް"ގެ ބައިން 2025ވަނަ އަހަރުގެ އެޕްރީލު މަހު 62,052 ރުފިޔާ ހޭދަކޮށްފައިވީ ނަމަވެސް، 2026 އެޕްރީލު މަހު މި ބައިން އެއްވެސް ޚަރަދެއްކޮށްފައެއް ނުވެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މުދަލުޒަކާތުގެ ތަފާސްހިސާބުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެއެވެ.
މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ގުޅުންހުރި

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް
.jpg&w=3840&q=75)
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް ޑރ މާހިދު!




