logoEN
WAMCO TOP 1
ސްކޭމްތަކުގައި ހިމެނޭ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި

ސްކޭމްތަކުގައި ހިމެނޭ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި

# ފުލުހުން# ސްކޭމް

-

މިދިޔަ ހަފްތާގައި ރިޕޯޓްކުރި ސްކޭމްގެ މައްސަލަތަކުގައި ފޭރިގަތް ފައިސާގެ ތެރެއިން ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި އެވެ.

THE TRAVELLER AD

ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ މަހުގެ 31 އިން މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ މައްސަލަތަކުގައި ފޭރިގަތް 2 ލައްކައަށްވުރެ ގިނަ ފައިސާގެ ތެރެއިން ހޯދުނު ފައިސާ އެވެ.

ފުލުހުން ބުނީ މި ތަރީހުގެ ތެރޭގައި ސްކޭމްގެ 33 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 258,356.00 ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން މީގެ ތެރެއިން 150,693.00 ރުފިޔާ އަނބުރާ ހޯދައިދީފައިވާކަން ފުލުހުން ފާހަގަކުރި އެވެ.

ބޭނުންކުރި ސްކޭމްގެ ބާވަތްތައް

އީ-ކޮމާސް: 19 މައްސަލަފައިސާ މާރުކުރުން: 4 މައްސަލައޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 3 މައްސަލައެހެނިހެން: 7 މައްސަލަ

ސްކޭމްކުރަން ބޭނުންކުރި މަންސަތައް

އޮންލައިން މެސެޖިންއައިބޭފޯން ކޯލްފިޝިން ލިންކްފޭސްބުކް މާކެޓްޕްލޭސް

ފުލުހުން ބުނީ މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެއިތުރުން ގޮތް ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވުމަށާއި، މުދާ ލިބޭނެކަން އިތުރު ގޮތްގޮތުން ކަށަވަރު ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ސްކޭމްތަކުން ރައްކާތެރިކުރުމަށް އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަކީ، މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.މީގެ އިތުރުން، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި "125" ހޮޓްލައިން މެދުވެރިކޮށް މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ބޭންކުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން މައުލޫމާތު ބަދަލުކުރުމުގެ އަވަސް ނިޒާމެއްގެ ތެރެއިން މިހާރު ދަނީ، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށާއި ކުށްވެރިން އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC