logoEN
WAMCO TOP 1
އެއްވެސް ގައުމަކަށް ހައްޖުކޯޓާ އިތުރުކުރެވޭ ހާލަތެއްގައި ރާއްޖެއަށްވެސް ކޯޓާ އިތުރުވާނެ - މިނިސްޓަރ ޝަހީމް

އެއްވެސް ގައުމަކަށް ހައްޖުކޯޓާ އިތުރުކުރެވޭ ހާލަތެއްގައި ރާއްޖެއަށްވެސް ކޯޓާ އިތުރުވާނެ - މިނިސްޓަރ ޝަހީމް

# އިސްލާމިކް މިނިސްޓްރީ# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރާއްޖެއަށްވެސް އެފުރުސަތު ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާން ވަނީ "ގުރުއަތުން ނުވަތަ ހަދިޔާއަކަށް މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ހައްޖު ލިބޭ މީހާއަށް ހަމަ އެއަހަރު ހައްޖަށް ދެވޭތަން ފެނޭ ކަމަށާއި އެގޮތަށް އިސްކަން ދީގެން ބަލި މީހުން ނޫނީ ދެމަފިރިންނަށް އެއްކޮށް ހައްޖަށް ދެވޭ ގޮތް ނެހެދެނީ ކީއްވެތޯ"ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހައްޖަށް ދިޔުމަށް ދެމަފިރިން އެއްކޮށް ފައިސާ ދައްކާފައިވާނަމަ، ދެމަފިރިންނަށް އެއްކޮށް ހައްޖުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހައްޖުކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުންފުނިތަކަށް ހައްޖު ކޯޓާ ދިނުމަކީ ރާއްޖޭގައި ވަރަށްކުރީއްސުރެ ހިނގަމުން އަންނަ ކަންކަން ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން މިހާރު އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު ކުންފުނިތަކަށް ކޯޓާދިނުން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ.

"އަޅިގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން އެއީ، ކުންފުނިތަކަށޭ ކިޔާފަ އެގޮތަކަށް ކޯޓާއެއް އަސްލު ދުލެއް ނުކުރޭ. ވަރަށް ގިނަ ކުންފުނިތަކުންވެސް މިނިސްޓްރީއަށް ވެސް ސިޓީތައް އާދޭ އެތަނުގެ މުވައްޒަފުންނަށް އެފުރުސަތު ހޯދަން" - މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ކިޔުގައި އެހާ ގިނައަދަދެއްގެ މީހުން ތިއްބައި ކުންފުނިތަކަށް ހައްޖު ޖާގަ ދިނުމަކީ އެއީ އެހާ އިންސާފުވެރިގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމީހުންވެސް ފައިސާ ދައްކާފައި ކިޔުއަށް އަރާގޮތުގެ މަތިން އެޖާގަވެސް ތަނަވަސްކޮށްދެވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC