logoEN
WAMCO TOP 1
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް- ފަސްޓް ލޭޑީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް- ފަސްޓް ލޭޑީ

# ކާބޯތަކެތީގެ ދުވަސް# ފަސްޓް ލޭޑީ# ސާޖިދާ މުޙައްމަދު

ފަސްޓް ލޭޑީ ސާޖިދާ

ރައްކާތެރިކޮށް ކާބޯތަކެތި ބޭނުންކުރުމުގައި އެންމެންގެ ޒިންމާ އޮންނަކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވި އެވެ.

THE TRAVELLER AD

ކާބޯތަކެތި ރައްކާތެރިކުރުމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަސްޓް ލޭޑީ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ.

މި ދުވަހުގެ މުނާސަބަތާ ގުޅިގެން ފަސްޓް ލޭޑީ ވިދާޅުވީ ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމަށާއި ދިރިއުޅުމަށް އުފުލޭ ބުރަ ކުޑަކުރުމުގައި ރައްކާތެރު ކާނާ މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.

މިއީ ކޮންމެ ފަރުދެއްވެސް ޒިންމާ ނަގައިގެން އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ. އެގޮތުން ކާބޯތަކެތި އުފައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެތަކެތި ބޭނުންކުރާ މީހުންވެސް އެބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިގޮތުގައި އުފައްދާ އަދި ތައްޔާރުކޮށް ރައްކާކުރެވިފައި ހުންނަ ބާވަތްތަކެއްކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ކެއުމަށް ބޭނުންކުރާ ބާވާތްތަކަކީ ތަޣައްޔަރުވެ ސިއްހަތައް ގެއްލުނުވާފަދަ ތަކެތި ނޫންކަން ކަށަވަރުކުރުމުގައި ކޮންމެ މީހެއްގެ ދައުރެއް އޮންނަކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މީގެއިތުރުން ފަސްޓް ލޭޑީ ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަޤްބަލެއް ބިނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކޮށް އެކަމަށް އެހީތެރިވެގެންކަމާށެވެ.

ސަރުކާރުން ދަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމުކަމެއް ކަމަށް ދެކިގއން އެކަން ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC