logoEN
WAMCO TOP 1
މާލޭ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހަލާކުވެފައި ހުރި ބޮކިތައް ބަދަލުކޮށްފި

މާލޭ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހަލާކުވެފައި ހުރި ބޮކިތައް ބަދަލުކޮށްފި

އަހުމަދު ޝުރާއު

logo

6/6/2026, 11:22:35 AM

# މާލެ ސިޓީ ކައުންސިލް

-

މާލޭ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ބާވެ، ހަލާކުވެފައި ހުރި ބޮކިތައް ބަދަލުކޮށް، އެ ސަރަހައްދު އަލިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ނިންމާލައިފިއެވެ.

THE TRAVELLER AD

މިސްކިތުގެ ގޯތި ތެރޭގައިވާ ބޮކިތައް ހަރުކުރުމުގެ އިތުރުން، މިސްކިތުގެ ގޯތި ތެރޭގައިވާ ބަގީޗާ ގަސްތައް ބެލެހެއްޓުމާއި މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކޮންމެ ދުވަހަކު ކުރަމުންނެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި، މާލެ ސިޓީގެ މިސްކިތްތައް އަލިކޮށް ޒީނަތްތެރިކޮށް ބޭއްވުމަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. މިގޮތުން ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ބޮކިތައް ބަދަލުކުރުމުން، ރޭގަނޑުގެ ވަގުތުތަކުގައި މިސްކިތުގެ ގޯތި ތެރެ އިތުރަށް އަލިވެ، ފުރިހަމަވެގެންދާނެއެވެ.

މާލޭ ހުކުރު މިސްކިތަކީ މީލާދީން 1656 ވަނަ އަހަރު ބިނާކުރެއްވި، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ތާރީޚީ އެއް މިސްކިތެވެ. ދިވެހިންގެ ހުނަރުވެރި އަތްތެރި މަސައްކަތްތަކާއި، ހިރިގަލުގެ ފަރުމާކުރުންތައް ވަރަށް ފުރިހަމައަށް ފެންނަން ހުރި މި މިސްކިތަކީ ދިވެހި ތާރީޚާއި ސަގާފަތުގެ މުހިންމު ރަމްޒެކެވެ.

ހުކުރު މިސްކިތަކީ ދިވެހިންގެ އިތުރުން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.

ކޮމެންޓް
ފަހުގެ
HDC