logoEN
WAMCO TOP 1
މެލޭޝިއަން މާސްޓާރސް: ހުސީ، ކެވިން އަދި އާމިރު ގޯލްޑް މެޑަލް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް 12 މެޑަލް!

މެލޭޝިއަން މާސްޓާރސް: ހުސީ، ކެވިން އަދި އާމިރު ގޯލްޑް މެޑަލް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް 12 މެޑަލް!

# މެލޭޝިއަން މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރު

ކެވިން، ހުސީ އަދި އާމިރު.. ފޮޓޯ: ގާފު ސްޕޯޓްސް / މުހައްމަދު މުއައްވަޒު

މެލޭޝިއާގައި މިހާރު ކުރިއަށްދާ 38 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް މާސްޓާރސް އެތްލެޓިކްސް ޗެންޕިއަން ޝިޕް ހުކުރު ދުވަހު ހެނދުނު ފެށިއިރު، މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖެ އިން 12 މެޑަލް ހޯދައިފިއެވެ.

THE TRAVELLER AD

އެގޮތުން މެލޭޝިއާގެ ޕްޓްރާޖަޔާ ސިޓީގެ ޔުނިވާސިޓީ ޕްޓްރާ މެލޭޝިއާ ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖެއިން މިހާތަނަށް ވަނީ ތިން ރަން މެޑަލާއި ހަތަރު ރިހި މެޑަލްގެ އިތުރުން ފަސް ލޯމެޑަލް ހޯދާފައެވެ.

މުބާރާތުގެ އަންހެން 45 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކޮށް 800 މީޓަރު ދުވުމުން ހުސްނާ މުހައްމަދު (ހުސީ) ސިލްވާ މެޑަލް ހޯދިއިރު، 200 މީޓަރު ދުވުމުން ހުސީ ވަނީ ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން ފިރިހެން 40 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި އަހުމަދު އަބްދުﷲ އަޒީޒް (ކެވިން ) 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދިއިރު، ފިރިހެން 55 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި މުހައްމަދު އާމިރު ވަނީ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.

މުބާރާތުގެ ފިރިހެން 35 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކޮށް 200 މީޓަރު ދުވުމުން އިބްރާހިމް ފާރިޝް ލޯ މެޑަލް ހޯދިއިރު، މިއުމުރުފުރާގެ 800 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި އަންހެން 55 އަހަރުން މަތީގެ އުމުރުފުގާއި ވާދަކޮށް 200 މީޓަރު ދުވުމުން ރާއްޖޭގެ ނާފިޒާ އަހުމަދު (ނާފީ) ލޯ މެޑަލް ހޯދިއިރު، އަންހެން 40 އަހަރުން މަތީގެ 800 މީޓަރު ދުވުމުން ރާއްޖޭގެ ފާތިމަތު ޝަމްހާ ވަނީ ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މުބާރާތުގެ އަންހެން 60 އަހަރުން މަތީގެ 800 މީޓަރު ދުވުމުން ރާއްޖޭގެ މޫމިނާ އަހުމަދު (މޫން) ލޯ މެޑަލް ހޯދިއިރު، މޫން ވަނީ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ. އަދި މުބާރާތު ފިރިހެން 40 އަހަރު މަތީގެ ޑިސްކަސް ތްރޯ އިން އިވެންޓްވައި ވާދަކުރި ހަސަން ޝަމްއޫން ވަނީ މި އިވެންޓުން ލޯ މެޑަލް ހޯދާފައެެވެ.

5 ޖޫން 2026 އިން 7 ޖޫން 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު 40 ޓީމަކުން ވާދަކުރަމުން އަންނައިރު، ފުރަތަމަ ދުވަހުގެ އިވެންޓްތައް ނިންމާލިއިރު، 12 މެޑަލާއެކު ރާއްޖޭގެ މާސްޓަރސް ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC