logoEN
WAMCO TOP 1
މިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!

މިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!

އަހުމަދު ޝުރާއު

logo

5/14/2026, 4:02:13 PM

# އިސްލާމިކް މިނިސްޓްރީ

-

1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރުވެސް ޙައްޖުވެރިންނާއި، އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

THE TRAVELLER AD

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މި އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ބަސްދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ.

ކޮންމެ ޙައްޖުވެރިއަކުވެސް އެ ޙައްޖުވެރިޔާއަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ބަސް ހުއްޓިތަކުގައި ވުޒާރާގެ މުވައްޒަފުންނާއި، ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވާނެއެވެ.

ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް ކަނޑައަޅާނީ އެ ދުވަހެއްގައި ފުރުމަށް ހަމަޖެހިފައިވާ ޙާޖީންނަށް އެންމެ ފަސޭހައިން ބަހާއި ހަމައަށް ފޯރޭނެ ސަރަޙައްދުތައް ބެލުމަށްފަހުގައެވެ. އަދި ރޫޓާއި ގަޑިތައް ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ހުކުރު ދުވަހު ހަ ރޫޓަކުން ބަސް ދަތުރުތައް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ސަޢުދީ އެއާލައިނުގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 15:25 ގައެވެ.

ކޮމެންޓް
ފަހުގެ
HDC