logoEN
WAMCO TOP 1
1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ފުރާވަޑައިގެންފި

1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ފުރާވަޑައިގެންފި

# އިސްލާމިކް މިނިސްޓްރީ# ރާއްޖޭގެ ހައްޖު މިޝަން

-

1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ.

THE TRAVELLER AD

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަންއިންނެވެ.

ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ މިނިސްޓްރީ އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެއެވެ. ޙައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްކުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ.

ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.

ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ޙައްޖުވެރިންނާއި ގުޅޭ ހުރިހާ އިންތިޒާމުތަކެއް މިހާރު ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC