logoEN
WAMCO TOP 1
ހޮނިހިރުން ފެށިގެން މޫސުން ރަނގަޅުވާނެ- މެޓް

ހޮނިހިރުން ފެށިގެން މޫސުން ރަނގަޅުވާނެ- މެޓް

# މެޓް އޮފީސް# މޫސުން

ކަނޑު ގަދަ ދުވަހެއް- ފޮޓޯ: ގާފު

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ މި އަންނަ ހޮނިހިރުން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

THE TRAVELLER AD

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 3 ދުވަހުވެސް މެދެރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވާއިރު، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓުން ބުންޏެވެ. އެގޮތުން މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

މީގެއިތުރުން މެޓުން ބުނީ މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވެފައި، ދެކުނުގެ ކަނޑުތައް އާދއިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 6-3 ފޫޓު ދެމެދުކަމަށް މެޓުން ލަފާކުރި އެވެ.

މެޓުން ވަނީ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC