ޓެލްކޯ އެވޯޑް ދިރާގަށް ލިބުން- ފޮޓޯ: ދިރާގު
"ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026" ގައި ޓެލްކޯ އޮފް ދަ އިޔާ ދިރާގަށް ލިބިއްޖެ އެވެ.

މި އެވޯޑާއެކު ދިރާގުން ފާހަގަކުރަނީ މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރު ކަށަރުވެ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ބައިނަލްއަގްވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެއް ގޮތުގަ އެވެ.
ދިރާގުން ބުނީ މިއީ ޑިޖިޓަލް އީޖާދުތަކާއި، ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށްވެސް ދިރާގުން ބުންޏެވެ.
މިކަމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި އެވޯޑުން ރަމްޒުކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ހޯދަމުންދާ ކުރިއެރުންތައް ކަމަަށެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރު ފެނިގެންދާއިރު، މިއީ ދިރާގު ޓީމުގެ މިންނެތް މަސައްކަތްތައް ކަމަށް ސީއީއޯ ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑު ދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއިއެކު މިއަދު މިވަނީ ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބަރ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި" ސީއީއޯ ވިދާޅުވި އެވެ.
މީގެއިތުރުން ސީއީއޯ ވިދާޅުވީ މި އެވޯޑް އަކީ މި މަސައްކަތަށް ލިބުު ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ސީއީއޯ ފާހަގަކުރި އެވެ.
"ޓްވިމްބިޓް ޓެލެކޮމް އެވޯޑް" އަކީ އޭޝިޔާގެ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އާ ކަންކަމާއި، މާލީ ކުރިއެރުމާއި، ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
މި އެވޯޑް ދިރާގަށް ލިބިިގެންދިއުމުން ހާމަވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތެވެ.



.jpg&w=3840&q=75)


