
ރާއްޖޭގައި ލިބެން ހުންނަ ފަރުވާތަކަށްވެސް، ބަލިމީހާގެ ހާލަތަށް ބަލައި ބޭރުން އާސަންދަ ލިބޭގޮތް ހަދައިފި
# އާސަންދަ-
އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް އިއްޔެ ގެނައި މުހިންމު އިސްލާހަކާއެކު، ރާއްޖޭގައި ލިބެން ހުންނަ ފަރުވާތައްވެސް ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް ރާއްޖެއިން ބޭރުން ހޯދުމަށް އާސަންދަ ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

އާސަންދައިން އަލަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ބަލީގެ ބާވަތާއި، މީހާގެ ސިއްހީ ހާލަތާއި، ރާއްޖޭގައި ފަރުވާ ލިބެން ހުއްޓަސް އެ ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ވަށައިގެންވާ އެހެނިހެން ކަންކަމަށް ބެލުމަށްފަހު ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ދޫކުރެވޭނެއެވެ. މިގޮތަށް ބޭރަށް ފޮނުވޭނީ އާސަންދަ ސްކީމްގައި އެމްޕެނަލް ކުރެވިފައިވާ (ހިމެނިފައިވާ) ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އަދި އެ ފަރުވާއަކީ އާސަންދައިގެ ދަށުން ކުރިން ރަޖިސްޓްރީކޮށްފައި ނެތް ޚިދުމަތަކަށް ވީނަމަވެސް، މި ސްކީމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މިއީ އާސަންދަ ސްކީމަށް އައި ބޮޑު ބަދަލެކެވެ. ސަބަބަކީ މީގެ ކުރިން މި ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ރިފަރަލް (ފޮނުވައި) ދެމުން އައީ ހަމައެކަނި ރާއްޖެއިން އެއްގޮތަކަށްވެސް ލިބެން ނެތް ފަރުވާތަކަށް އެކަނި ކަމަށްވާތީއެވެ.
މީގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ނުވަތަ އެހެން މަރުކަޒަކަށް ބަލިމީހުން ރިފާކުރުމުގެ (ފޮނުވުމުގެ) އުސޫލަށްވެސް ވަނީ ލުއިތަކެއް ދީފައެވެ. ކުރިން ގަވާއިދު އޮތްގޮތުން ބަލިމީހަކު އެހެން ތަނަކަށް ފޮނުވޭނީ ހަމައެކަނި އެ ބައްޔެއްގެ ޚާއްޞަ (ސްޕެޝަލިސްޓް) ޑޮކްޓަރަކު ހުރެގެންނެވެ. ނަމަވެސް، އައު އިސްލާހުގައިވާ ގޮތުން ބަލިމީހާ ހުރި ރަށުގައި ނުވަތަ އެ އަތޮޅެއްގައި އެ ބައްޔެއްގެ ޚާއްޞަ ޑޮކްޓަރެއް ނެތް ހާލަތެއް ދިމާވެއްޖެނަމަ، އާސަންދަ ކުންފުނިން ހުއްދަދޭ އެހެން ޑޮކްޓަރަކަށްވެސް ބަލިމީހާ ރިފާކުރުމުގެ ހުއްދަ ދެވޭނެއެވެ.
ގުޅުންހުރި

ރާއްޖޭގައި ލިބެން ހުންނަ ފަރުވާތަކަށްވެސް، ބަލިމީހާގެ ހާލަތަށް ބަލައި ބޭރުން އާސަންދަ ލިބޭގޮތް ހަދައިފި

އެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ޚިދުމަތްތައް މިއަދުން ފެށިގެން އާސަންދައިގެ ދަށަށް!

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި




