logoEN
WAMCO TOP 1
ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް: ކޮންޓެކްޓްވި މީހުންގެ އަދަދު 150 އިން މައްޗަށް!

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް: ކޮންޓެކްޓްވި މީހުންގެ އަދަދު 150 އިން މައްޗަށް!

އަހުމަދު ޝުރާއު

logo

6/2/2026, 1:49:08 PM

# ހިމަބިހި

-

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

THE TRAVELLER AD

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި އަލަށް ފެނުނު މި ދެ ކޭސްވެސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

މި ކޭސްތަކާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން ބާރަށް މަސައްކަތް ކުރަމުންދާއިރު، ކޮންޓެކްޓް ޓްރޭސިންގ ހަދައި ބައްޔަށް ޝައްކުކުރެވޭ ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންނާ އެކި ގޮތްގޮތުން ދިމާވެ، ކޮންޓެކްޓްވި މީހުންގެ އަދަދު މިހާރު ވަނީ 152 އަށް އަރާފައެވެ.

ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، ހޮސްޕިޓަލްތަކާ ގުޅިގެން ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އެގޮތުން ބައްޔަށް ޝައްކުކުރެވޭ މީހުންނަށް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި ހޮސްޕިޓަލްތަކުގައި ޚާއްޞަ ވަކި ޑެސްކުތަކެއް ޤާއިމްކޮށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ދުނިޔޭގައި ފާހަގަކުރެވިފައިވާ ކޮވިޑް-19، އެބޯލާ، ޓީބީ އަދި އިންފްލުއެންޒާ ފަދަ ބަލިތަކަށްވުރެވެސް މާ ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ބަލި ދިވެހިން އާންމުކޮށް ދަތުރުކުރާ އަވައްޓެރި އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކުގައިވެސް މިދުވަސްވަރު ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC