logoEN
WAMCO TOP 1
މީދޫ އިން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

މީދޫ އިން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

# މަސްވެރިން# ފިޝަރީޒް މިނިސްޓްރީ# ތެޔޮ

މަސްވެރިން

މަސްވެރިންނަށް ހާއްސަ އަގެއްގައި ދޫކުރާ ތެޔޮ ދ. މީދޫ އިންވެސް ލިބޭނެ އިންތިޒާމް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

THE TRAVELLER AD

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އޭގެ އަސަރު ރާއްޖެއަށް ދަނީ ކުރަމުންނެވެ. ނަމަވެސް މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާ އެއްގޮތައް ސަރުކާރުގެ އެންމެ ބޮޑު އަމާޒެއް ކަމަށްވާ މަސްވެރިކަމުގެ ސިނާއަތައް ލޮޅުން ނާންގޮތައް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި މަސްވެރި އުޅަނދު ފަހަރަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މީގެ ކުރިން މަސްވެރިންނަށް ހާއްސަ އަގެއްގައި 4 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދިން ނަމަވެސް މިހާރު އިތުރު 10 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.

އެގޮތުން އަލަށް ދ. މީދޫ އިން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ދ. އަތޮޅުގެ 2 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ރ. އަތޮޅު އަދި ތ. އަތޮޅު އެވެ.

ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC