logoEN
WAMCO TOP 1
އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަން ފަށައިފި

އެފްއެސްއެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ ސިސްޓަމް ހަރުކުރަން ފަށައިފި

# ތެޔޮ# އެފްއެސްއެމް

އެފްއެސްއެމްގެ ތެޔޮ ބާޖުތަކުގައި އޭޓީޖީ ސިސްޓަމް ހަރުކުރުމުގެ ތެރެއިން- ފޮޓޯ: އެފްއެސްއެމް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގް (އޭ.ޓީ.ޖީ) ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

THE TRAVELLER AD

އެފްއެސްއެމް އިން ބުނީ މިއީ އެ ކުންފުނިން ކަނޑުމަތީގައި ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ހަރުކުރާ ސިސްޓަމްތަކެއް ކަމަށެވެ.

މިއީ އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރަަށްވާއިރު، މިހާރު ކުރިއަށްދަނީ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތްކަމަށް އެފްއެސްއެމުން ބުންޏެވެ. އަދި މި ސިސްޓަމް ހަރުކުރަނީ ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު މެދުކެނޑުމެއްނެތި، އިތުބާރާއެކު ސައްހަކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގްސަދުގައި ކަމަށް އެފްއެސްއެމުން ފާހަގަކުރެ އެވެ.

View post on Twitter

އެފްއެސްއެމުން ބުނީ މި ސިސްޓަމްގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުވެ، ތެޔޮ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފުރިހަމަ އަދި އިތުބާރު ހުރި ހިދުމަތެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ތެޔޮ ބާޖުތަކުން ތެޔޮ ދޫކުރުމާއި، ޓޭންކުތަކުުގައި ހުންނަ ތެލުގެ ހިސާބުތައް ބެލެހެއްޓުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލބިގެންދާނެ ކަމެއްކަމަށްވެސް އެފްއެސްއެމުން ބުންޏެވެ.

އެފްއެސްއެމުން ފާހަގަކުރާ ގޮތުގައި މިއީ ކުންފުނީގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއުއެކެވެ.

ކޮމެންޓް
ފަހުގެ
HDC