
މާފަންނު ދެކުނުގެ މައްސަލަތައް ބައްލަވަން މޭޔަރު އާޒިމްއާއި ކައުންސިލަރު ރަށުތެރެއަށް!
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާގައި ހުރި އެކި ކަހަލަ މައްސަލަތަކާއި، އެ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ބައްލަވާލެއްވުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި އެ ދާއިރާގެ ކައުންސިލަރު، އިބްރާހިމް ލަބާން ޝަރީފް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ދާއިރާގެ ތަރައްޤީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް، ދާއިރާގެ ރައްޔިތުންނާ މަޝްވަރާކޮށް ޚިޔާލު ހޯއްދަވައިފައިވެއެވެ. މޭޔަރާއި ކައުންސިލަރު ވަނީ، ދާއިރާގެ އެކި ސަރަހައްދުތަކަށް ވަޑައިގެން، އެ ތަންތަނުގެ ހާލަތު ވަރަށް ގާތުން ބައްލަވައިލައްވައިފައެވެ.
މި ބައްލަވާލެއްވުމުގެ ތެރެއިން، ދާއިރާގައި ހައްލު ކުރަން ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ ތެރޭގައި މަގުތަކުގެ ހާލަތާއި، ކުނި މެނޭޖްކުރުމާއި، އަދި ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތައް ހިމެނެއެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ފަދަ ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ވެސް މުހިންމު ކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
މި ޒިޔާރަތުގައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟްގެ އިތުރުން، ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީޙް ޙަނީފް އާއި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޙައްވާ ޝިފާނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

މއ. ހިތިލާގެ ގުދަން ސަރަހައްދަށް ކުނިއަޅާ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް!

މާލެ ސިޓީ ކައުންސިލް އޮޑިޓްނުކުރާތާ 10 އަހަރު: އޮޑިޓް އަވަސްކުރަން މޭޔަރު އާޒިމް އޮޑިޓް އޮފީހުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މާފަންނު ދެކުނުގެ މައްސަލަތައް ބައްލަވަން މޭޔަރު އާޒިމްއާއި ކައުންސިލަރު ރަށުތެރެއަށް!




