
ޑައިމަންޑް ޖުބުލީ: އަޝްފާގު ގައުމީ ޓީމަށް 100 މެޗު ހަަމަކުރިއިރު. ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ
# ދިވެހި ކުޅިވަރު # ޑައިމެންޑް ޖުބުލީ އިންވިޓޭޝަނަލް ކަޕް 2026ރާއްޖެއާއި އަފްގާނިސްތާން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ:... ވަގުތު ސްޕޯޓްސް
މިހާރު މާލޭގައި ކުރިއަށްދާ ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި އަފްގާނިސްތާން އަތުން ދިވެހިރާއްޖެ 1-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އަފްގާނިސްތާނުން މެޗުގެ ލީޑުހޯދީ ފަހުހާފުގެ 80 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ރޯމަން ފާޒީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަފްގާނިސްތާން ކުރީގައި އޮވެގެންނެވެ. އަދި މިއީ ރާއްޖެ އަތުން އަފްގާނިސްތާން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ.
މިދެޓީމު މީގެ ކުރިން ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުން ރާއްޖެ މޮޅުވެފައިވާއިރު، ޖެހިގެންއައި ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން ކުޅުނު ދެމެޗު ކާމިޔާބުކުރީ އަފްގާނިސްތާނުންނެވެ.
އެގޮތުން 2005 ވަނަ އަހަރު މިދެޓީމު އެންމެ ފުރަތަމަ ކުޅުނު މެޗު 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކުރިއިރު، އެމެޗުގައި ރާއްޖެއަށް ދެލަނޑު ކާމިޔާބުކޮށްދިން އަލީ އަޝްފާގް ވަނީ މިރޭގެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. އަދި މިއީ އަޝްފާގު ދިވެހި ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.
މިއާއެކު ފީފާ ސެންޗަރީ ކުލަބުން އަޝްފާގު ޖާގަ ހޯދިއިރު، އެންމެ ފުރަތަމަ ފީފާ ސެންޗަރީ ކުލަބު ޖާގަ ހޯދި ދިވެހި ކުޅުންތެރިއަކީ ރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ގޯލް ކިޕަރު އިމްރާން މުހައްމަދު އެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާއި ޕާކިސްތާން ވާދަކުރި މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލް ކުޅޭ ގޮތަށެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ޕާކިސްތާނާއި ދެކޮޅަށް ނުކުންނައިރު، ބުދަ ދުވަހުގެ ރޭ އަފްގާނިސްތާނުން ނުކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ.
ގުޅުންހުރި

ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ކަޕް : އަޝްފާގު ގައުމީ ޓީމަށް 100 މެޗު ހަަމަކުރިއިރު. ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ސާބާ ކޮލިފައިންގް: ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އިން ބްރައުންޒް މެޑަލް ދިފާއިކޮށްފި
.jpg&w=3840&q=75)
ލަންކާ މާސްޓާރސް: ރާއްޖެ އިން ތަށި ދިފާއުކުރިއިރު، ނާފީ އާއި އާމިރުއަށް ޚާއްސަ އެވޯޑެއް




