
ސާބާ ކޮލިފައިންގް: ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އިން ބްރައުންޒް މެޑަލް ދިފާއިކޮށްފި
# ބާސްކެޓްބޯލް އެސޯސިއޭޝަން# ދިވެހި ކުޅިވަރުރާއްޖޭގެ 18 އަހަރުން ދަށުގެ ބާސްކެޓް ޓީމު.. ފޮޓޯ: ބާސްކެޓްބޯޅަ އެސޯސިއޭޝަން
ސްރީލަންކާގައި މިހާރު ކުރިއަށްދާ ފީބާ 18 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ސާބާ ކޮލިފައިންގައި ވާދަކުރަމުންދާ ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓް ޓީމުން މުބާރާތުގެ ބްރޯންޒް މެޑަލް ދިފާއުކޮށްފިއެވެ.

މިމުބާރާތުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމު ވާދަކޮށްފައިވާއިރު، ޒުވާން ފިރިހެން ޓީމު ކޮލިފައިންގެ ތިންވަނަ ހޯދީ މިއަދު ކުޅުނު މުބާރާތުގެ ފިރިހެން ޑިވިޝަންގެ ބްރޯންޒް މެޑަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 59-62 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކުރުމަށްފަހު އެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގެ ކުރީކޮޅު ބަންގްލަދޭޝުން ލީޑު ހޯދި ނަަމަވެސް ރާއްޖެ އިން ވަނީ ފަހަތުން އަރައި ލީޑު ހޯދާފައެވެ. އަދި ފުރަތަމަ ކުއާޓާގެ ކުޅުން ނިމުނީ އަށް ޕޮއިންޓްގެ ލީޑަކާއެކު 20-12 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ކުއާޓާގައި ބަންގްލަދޭޝުން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިކުއާޓާގެ މެދުތެރެއިން ރާއްޖެއަށް އެއްފަހަރު ލީޑު ލިބުނު ނަމަވެސް މި ކުއާޓާ ނިމުނީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 29-33 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.
މެޗުގެ ތިންވަނަ ކުއާޓާގައި ވެސް ބަންގްލަދޭޝްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން މި ކުއާޓާ ނިންމާލީ 49-47 ގެ ނަތީޖާއަން ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ފަހު ކުއާޓާގައި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 59-62 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ އިއާން ޝިހާމް އެވެ. އޭނާ ވަނީ މިމެޗުގައި ރާއްޖެއަށް 14 ޕޮއިންޓް ހޯދައިދީފައެވެ.
2024 ވަނަ އަހަރު ލަންކާގައި ބޭއްވި ފީބާ 18 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ސާބާ ކޮލިފައިންގައި ވާދަކޮށް ރާއްޖެ އިން ބްރައުންޒް މެޑަލް ހޯދިއިރު، އެމުބާރާތުގައި ވެސް ރާއްޖެ އިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ އިތުރުން ބްރައުންޒް މެޑަލް މެޗުގައި ވެސް ބަންގްލަދޭޝް ބަލިކޮށްފައެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ލަންކާ އާއި ރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީލަންކާ އިން ވާދަކޮށްފައިވާއިރު، ގުރޫޕް ސްޓޭޖުގައި ލަންކާ އަތުން 132-42 ގެ ނަތީޖާއަކުން ދިވެހި ޓީމު ބަލިވިއިރު، އިންޑިއާ އަތުން ދިވެހި ޓީމު ބަލިވީ 130-60 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އަތުން ދިވެހި ޓީމު ބަލިވީ 48-88 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ގުޅުންހުރި

ސާބާ ކޮލިފައިންގް: ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އިން ބްރައުންޒް މެޑަލް ދިފާއިކޮށްފި
.jpg&w=3840&q=75)
ލަންކާ މާސްޓާރސް: ރާއްޖެ އިން ތަށި ދިފާއުކުރިއިރު، ނާފީ އާއި އާމިރުއަށް ޚާއްސަ އެވޯޑެއް

ލަންކާ މާސްޓާރސް: ނާފީ އާއި ހުސީ ގޯލްޑް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް ހަ މެޑަލް




