
-
މާފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ.
އެގޮތުން އެކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ހާބަރ ޗެނަލް ބްރޭކްވޯޓަރ ރީޕްރޮފައިލިންގގެ މަސައްކަތް ކަމަށެވެ. އެގޮތުން މަޝްރޫއުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ވެލިބަސްތާއިން ބްރޭކް ވޯޓަރ ހެދުމާއި، 64 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރު އެއްގަމު ތޮށި ޖެހުމާއި 367 މީޓަރ ސްކޯރިންގ އޭޕްރޮން ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބޯޓުތައް ބަނދަރުކުރާއިރު ބަންނަން 73 މޫރިންގ ރިންގް ހަރުކުރުމުގެ އިތުރުން 10 މޫރިންގ ބޮއި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމެއް ވެސް އަޅާނެ އެވެ. ހަމައެއާއެކު، ކޮންކްރީޓް ޖެޓީއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއްގަމުގައި މަގު ބައްތި އާއި 1،869 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ.
މި މަޝްރޫއަކީ ޖުމްލަ 82،550،660.36 ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގުޅުންހުރި

މާފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް!

ދެއްވަދޫގެ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ވާދޫ ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!




