
ހަމަލާދޭން ނަތަންޔާހޫ ކުރި އަމުރާއިއެކު ބެއިރޫތުގެ ރައްޔިތުން ބެއިރޫތު ދޫކޮށް ފައިބަނީ!
# ލުބުނާން - އިސްރާއިލްއިސްރާއީލުގެ ޖައްބާރު އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ހަމަލާދިނުމަށް އަސްކަރިއްޔާއަށް އަމުރު ނެރުމާ ގުޅިގެން، އެ ސަރަހައްދުން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދުމަށް، ބެއިރޫތުން ބޭރަށް ދިޔުމަށް ދަތުުރުތައް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިސްރާއީލު ސިފައިން ލުބުނާނުގެ އެންމެ އެތެރެއަށް ވަދެގަތްތާ އެއްދުވަސް ފަހުން، މިއަދު ހެނދުނު އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ގުޅިގެން ނެރުނު ބަޔާނަކާއެކު، ބެއިރޫތުގެ ރައްޔިތުން ވަނީ ބެއިރޫތުގެ އަވަށްތަށް ދޫކޮށް ދިއުމަށް ދަތުރުތައް ފަށާފައިއެވެ. މިއާއިއެކު ބެއިރޫތުން ބޭރުވާ ހައިވޭތައް މިހާރު ވަރަށް ބޮޑަށް ތޮށްޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާލަތާއި ގުޅިގެން ލުބުނާނު ސަރުކާރުން ހަދާފައިވާ ވަގުތީ ހިޔާވަހިތައް މިހާރުވެސް ފުރިފައިވުމުގެ ސަބަބުން، ގިނަ ބަޔަކަށް ގޮތް ހުސްވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ކާޓްޒް ނެރުނު ބަޔާނެއްގައި ވަނީ ، އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ހަމަޖެހުން ނުލިބޭނަމަ ބެއިރޫތަށްވެސް ހަމަޖެހުމެއް ނޯންނާނެ ކަމަށާއި، ލުބުނާނުގެ ދެކުނުގައިވާ ލިތާނީ ކޯރު ސަރަހައްދުގައި އަސްކަރީ ކޮންޓްރޯލް ޒޯނެއް ހަދާނެ ކަމަށް ބުނެފައި އެވެ. މީގެ އިތުރުން، އިސްރާއީލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާތަކަކީ ހިޒްބުاللهއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބޮޑު ބަދަލެއް ކަމަށް ސިފަކޮށްފައެވެ.
އިސްރާއީލު ސިފައިން ވަނީ އިއްޔެގެ ވަގުތެއްގައި ލިތާނީ ކޯރުގެ އުތުރުގައިވާ ބިއުފޯޓް ކާސަލްގެ ކޮންޓްރޯލް ނަގާފައި އެވެ.
މި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެމެރިކާއިން ވަނީ ހަމަލާތައް ހުއްޓާލުމުގެ "ރޯޑްމެޕް" އެއް ހުށަހަޅާފައެވެ. މިގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ލުބުނާނުގެ ރައީސް ޖޯސެފް އަައުން އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ވަކިވަކިން މަޝްވަރާ ކޮށްފައެވެ. އެމެރިކާގެ މިއަދުގެ ހުށަހެޅުމަކީ ހިޒްބުاللهއިން އިސްރާއީލަށްދޭ ހުރިހާ ހަމަލާތަކެއް ހުއްޓާލުމުގެ ބަދަލުގައި، އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިތުރު ހަމަލާއެއް ނުދީ ހިފެހެއްޓުމެވެ.
ގުޅުންހުރި

ހަމަލާދޭން ނަތަންޔާހޫ ކުރި އަމުރާއިއެކު ބެއިރޫތުގެ ރައްޔިތުން ބެއިރޫތު ދޫކޮށް ފައިބަނީ!

ލުބުނާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް މިރޭ ހުއްޓާލާނެ ކަމުގެ އިޝާރާތެއް!

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި




