logoEN
PNC TOP 3
ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

އަހުމަދު ޝުރާއު

logo

3/30/2026, 5:27:27 PM

# ލުބުނާން - އިސްރާއިލް

ލުބުނާނުގައި ހުންނަ ޔޫކްރެއިންގެ އެމްބަސީއިން ހިމާޔާތްދީފައިވާ އިޒްރޭލުގެ އިންޓެލިޖެންސް އިދާރާ، މޮސާޑުގެ އޭޖެންޓު ލުބުނާނުގެ ބާރުތަކާއި ވަގުތުން ހަވާލުކުރަން ލުބުނާނު ސަރުކާރުން އަންގައިފި އެވެ.

PNC MID 2

ސަލާމަތީ އިސް އޮފިޝަލަކާއި ހިޒްބުاللهގެ މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ އިސްރާއީލުގެ މޮސާޑް ޖާސޫސީ އިދާރާއާ ގުޅިގެން މަސައްކަތްކުރާ ކަމަށް ޝައްކުކުރެވޭ މީހަކަށް ބެއިރޫތުގައި ހުންނަ ޔޫކްރެއިން އެމްބަސީއިން ހިމާޔާތްދީފައިވާ ކަމަށާއި އޭނާ ލުބުނާނުގެ ސަލާމަތީ ބާރުތަކާއި ހަވާލުކުރުމަށް ލުބުނާނުން އެދިފައިވާ ކަމަށެވެ.

ހިޒްބުاللهގެ މަސްދަރުން ބުނީ ޔޫކްރޭންގެ ޕާސްޕޯޓު އޮތް ރައްޔިތަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބެއިރޫތު އެއާޕޯޓަށް ދާ މަގެއްގައި ގޮވާތަކެއްޗާއިއެކު ސައިކަލެއް ޕާކުކޮށްފައިވާ ކަމަށާއި އޭނާ ލުބުނާނުގެ ބާރުތަކުން ހައްޔަރުކުރި ކަމަށެވެ. އަދި އޭނާ ހައްޔަރުގައި ހުރި ތަނަކަށް ހަމަލާއެއް ދިނުމާއިއެކު އެތަނުން ސަލާމާތްވެގެން އޭނާ ފިލީ ކަމަށާއި މިހާރު އޭނާ ހިމާޔާތް ހޯދަމުން ދަނީ ޔޫކްރެއިންގެ އެމްބަސީގެ ތެރޭގައި ކަމަށެވެ.

ލުބުނާނުގެ ޖެނެރަލް ސެކިއުރިޓީގެ ވެރިޔާ ހަސަން ޗޯކޭރު އޭއެފްޕީއަށް ވިދާޅުވީ ލުބުނާނުގައި ހުންނަ ޔޫކްރޭންގެ އެމްބަސީން މާޗް 10 ވަނަ ދުވަހު އެތަނުގައި ހުރި އަދި ޕާސްޕޯޓް ގެއްލިފައިވާ މީހަކަށް ބެއިރޫތު އެއާޕޯޓް މެދުވެރިކޮށް ފުރުމުގެ ހުއްދަ ދިނުމަށް އެދިފައިވާ ކަމަށެވެ. "އޭނާގެ ނަމާއި ފޮޓޯ ޗެކް ކުރުމަށް ފަހު އަޅުގަނޑުމެންނަށް އެނގުނީ އޭނާ އަކީ ލުބުނާނުގެ ޝަރުއީ ދާއިރާއިން ހޯދަމުންދާ މީހެއް ކަމާއި ލުބުނާނުގެ ސަލާމަތީ އިދާރާތަކުން އޭނާގެ މައްޗަށް ވޮރެންޓުތަކެއް ނެރެފައިވާކަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޗޯކޭރު ވިދާޅުވީ އެމީހާއާ ހަވާލުކުރުން ލާޒިމު ކަން އެމްބަސީއަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާނެ ކަމަށެވެ.

ލުބުނާނުގައި އިސްރާއީލުގައި މަސައްކަތް ކުރި ކަމަށް ސާބިތުވާ މީހުންގެ މައްޗަށް 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި އެބަހުއްޓެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC