
ލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ އިތުރު 2 ސިފައިން މަރުވެއްޖެ: ތުހުމަތު އިޒްރޭލަށް!
# ލުބުނާން - އިސްރާއިލްލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ 2 ސިފައިން މަރުވެއްޖެ އެވެ.

ލުބުނާނުގައި ހަރަކާތްތެރިވަމުންދާ އދ ގެ ސުލްހަ ބެލެހެއްޓުމުގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މިޝަންގެ ދެ ސިފައިން މަރުވެފައިވަނީ ލުބުނާނުގެ ބަނީ ހަޔާން ކައިރީން އެމީހުން ދުއްވި ވެހިކަލްއަށް ދިން ހަމަލާއެއްގައި ކަމަށެވެ.
"ތިން ވަނަ ޕީސްކީޕަރަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އިތުރު މީހަކަށް ވެސް އަނިޔާވި،" އެ ރިޕޯޓުގައިވެ އެވެ.
މި ހަމަލާއަކީ އިޒްރޭލުން ދިން ހަމަލާއެއްކަމަށް ތުހުމަތުކުރެވޭ ނަމަވެސް އދ ސުލްހަ ބެލެހެއްޓުމުގެ މިޝަނުން އަދި މިހާތަނަށް އެކަން ކަށަވަރުކޮށްދީފައިނުވެއެވެ.
"ގަސްތުގައި ސުލްހަ ބެލެހެއްޓުންތެރިންނަށް ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާއި ސަލާމަތީ މަޖިލީހުގެ ގަރާރު 1701 އާ ވަރަށް ބޮޑަށް ހިލާފު ކަމެއް.،" އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުން ޔުނިފިލް އިން ބުނެ އެވެ.
މިއީ ލުބުނާނުގެ ބޮޑު ސަރަހައްދެއް ހިފުމަށް އިޒްރޭލުން ކުރިޔަށްގެންދާ ޣައިރު ޤާނޫނީ އޮޕަރޭޝަންގެ ތެރެއިން މަރުވި އދ ގެ 3 ވަނަ ޕީސްކީޕަރަކެވެ.
އދ ގެ ސުލްހަ ބެލެހެއްޓުމުގެ މިޝަނުން ލުބުނާނުގައި ހަރަކާތްތެރިވާން ފެށީ 1978 ވަނަ އަހަރު އެވެ. އޭރުން ފެށިގެން ޔުނިފިލް އިން ދަނީ އިޒްރޭލުން ލުބުނާނުގައި ހިންގާ ޖަރީމާތަކާއި ދެކޮޅަށް ލުބުނާނަށް އެހީތެރިވަމުންނެވެ.
ގުޅުންހުރި

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

ލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ އިތުރު 2 ސިފައިން މަރުވެއްޖެ: ތުހުމަތު އިޒްރޭލަށް!

އެއްބަސްވުމާއި ހިލާފުވެ ޔަހޫދީން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް ދީފި

.gif&w=3840&q=75)



