
ލުބުނާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް މިރޭ ހުއްޓާލާނެ ކަމުގެ އިޝާރާތެއް!
# ލުބުނާން - އިސްރާއިލްލުބުނާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް މިހާރު ހުއްޓާލާނެ ކަމުގެ އިޝާރާތެއް ލިބިފައިވާކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓްކުރާ ގޮތުގައި މިރޭން ފެށިގެން ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ތައްޔާރުވުމުގެ އަމުރު އިޒްރޭލުގެ ސިފައިންނަށް މިހާރު ވަނީ ލިބިފައި އެވެ.
ނަމަވެސް އަދި މިހާތަނަށް މިކަން އިޒްރޭލުގެ އަސްކަރިއްޔާއިން ރަސްމީކޮށް ކަށަވަރުކޮށްދީފައިނުވެއެވެ.
މިފަދަ އިޝާރާތެއް ލިބިފައިވާއިރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި އިޒްރޭލާއި ލުބުނާނުން ސީދާ މަޝްވަރާތައް ފަށަން މިހާރު ވަނީ އެއްބަސްވެފައި އެވެ. އެގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މެދުވެރިއަކަށް ހުންނަވައިގެން އެމެރިކާގެ ވެރިކަން ކުރާ ވޮޝިންޓަންގައި ދެގައުމުގެ ސަފީރުންގެ މަޝްވަރާތަކެއް ކުރިޔަށްގެންދަން ނިންމާފައިވާކަން މިހާރު އެމެރިކާ ސަރުކާރުންވެސް ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމަކީ 1993 ވަނަ އަހަރަށް ފަހު ދެ ގައުމުގެ މެދުގައި ބާއްވާ އެންމެ މަތީ ފަންތީގެ ފުރަތަމަ ސީދާ މަޝްވަރާތަކެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ލުބުނާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް މިރޭ ހުއްޓާލާނެ ކަމުގެ އިޝާރާތެއް!

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

ލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ އިތުރު 2 ސިފައިން މަރުވެއްޖެ: ތުހުމަތު އިޒްރޭލަށް!




