logoEN
WAMCO TOP 1
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޡިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޡިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައިފި

އަހުމަދު ޝުރާއު

logo

5/14/2026, 8:33:32 AM

# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަޙްމަދު ނާޡިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައިފި އެވެ.

THE TRAVELLER AD

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމުގައިވެސް ވަނީ އެއިދާރާއިން ހާމަކޮށްފައެވެ.

އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން އިއްޔެ ވަނީ ރަސްމީކޮށް ނިންމައި އެކަން ޕީޖީ ގްރޫޕުގެ ބައްދަލުވުމުގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ކުއްލި ގޮތަކަށް ނާޒިމް މަގާމުން ވަކިކުރަން ނިންމި ސަބަބެއް އަދި ހާމަވެފައިނުވާއިރު މައުލޫމާތު ލިބޭގޮތުގައި ނާޒިމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ޕީއެންސީގެ އިސްވެރިން ހުށަހެޅެއްވި ކަމަށް ރާއްޖޭގެ ބައެއް މީޑީއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ޕީއެންސީންވެސް ރަސްމީކޮށް ކަށަވަރުކޮށްނުދެއެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ. ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން 76 މެމްބަރުންނަކީ ޕީއެންސީގެ މެމްބަރުންނެވެ.

ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ޕީއެންސީގެ މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުންވެސް އިއްޔެގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އޭނާ ބޭރުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް
ފަހުގެ
HDC