logoEN
WAMCO TOP 1
ހިތަދޫ އުތުރު ބައި އިލެކްޝަން- ރީ ރަޖިސްޓްރީވާން ހުޅުވާލައިފި

ހިތަދޫ އުތުރު ބައި އިލެކްޝަން- ރީ ރަޖިސްޓްރީވާން ހުޅުވާލައިފި

# ހިތަދޫ އުތުރު ދާއިރާ# ރައްޔިތުންގެ މަޖިލިސް

ވޯޓްލުން- ފޮޓޯ: ގާފު

ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

THE TRAVELLER AD

ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަން އިން ބުނީ މިއަންނަ މަހުގެ 6 ވާ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރީ ރަޖިސްޓްރީ ވާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިޔުޑީސީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތައް އެކަނިކަމަށެވެ. އަދި މި އިންތިހާބުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓްރީވެފައިވަނީ މާލެއަށް ކަމަށް އީސީން ބުންޏެވެ.

މީގެއިތުރުން އީސީން ބުނީ ރިސޯޓެއް، ޖަލެއް ނުވަތަ އުފަން ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލާ ތަންކަމަށް ރަޖިސްޓްރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށެވެ.ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެކަމަށާއި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެކަމަށް އެކޮމިޝަނުން ބުންޏެވެ.

އީސީން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ "ރީ-ރަޖިސްޓްރޭޝަން ޕޯޓަލް" (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށް ކަމަށެވެ.'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ އެވެ. އަދި 'މައި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހަޅާއިރު މީހާގެ ފޮޓޯ، އައިޑީކާޑު ކޮޕީ ހުށަހަޅަން ނުޖެހޭނެކަމަށާއި، ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން ހުށަހެޅުމުންވެ އެވެ.

މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2026 މޭ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 މޭ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެކަމަށް އީސީން ބުންޏެވެ.މި ދާއިރާއިން އަލުން މެންބަރެއް ހޮވުމަށް ވޯޓު ނަގަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގައި އޭރުގައި އިންތިހާބުކުރި މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމުންނެވެ. އޭނާގެ ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، ހުކުމާ އެއްގޮތައް ނުދައްކާކަން ސާބިތުވާތީ، އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC