logoEN
WAMCO TOP 1
ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

5/25/2025, 4:08:00 PM

# ކޮމަންވެލްތް

--

4 ވަނަ ކޮމަންވެލްތު ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމް (ސީއެސްއީޓީ) 2025 ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

THE TRAVELLER AD

މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙުސައިން އަގީލް ނަޞީރު އެވެ.

މި ފޯރަމްގެ މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ 7 ވަނަ ލަނޑުދަނޑި ކުރިއެރުވުމަށާއި، ކޮމަންވެލްތުގެ ޤައުމުތަކުގައި އެކުލެވޭ އަދި ކާބަން މަދު ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމަށް އެހީތެރިވުމަށް އެއްބާރުލުން ހަރުދަނާކުރުމެވެ.

މި ފޯރަމްގައި ރާއްޖެ ތަމްސީލުކުރެއްވުމަކީ، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވޭ ފުރުޞަތެއް ކަމަށާއި އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް ނަޞީރު މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމުން، ރާއްޖޭގެ ސަރުކާރުން ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތަކަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމަށާއި މީގެ އިތުރުން، ކޮމަންވެލްތުގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، މި ދާއިރާގައި ކުރިއަށްދިއުމަށް ބޭނުންވާ ތަޖުރިބާއާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC