
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް އެ ގައުމަށް ނިސްބަތްވާ މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ވަޒީރު ޚަލީލަށް އިންޒާރުދީ އެކްސްގައި، މީހަކު ކުރި ޕޯސްޓެއްގައި ވަނީ، ވަޒީރުގެ ކާރުކޮޅުގެ އެކްސިޑެންޓެއްވެ އެބޭފުޅާ އަވަހާރަވެދާނެ ކަމަށް ބުނެފައެވެ. އަދި އެފަހުން ކުރި އެހެން ޕޯސްޓެއްގައިވެސް ވަނީ، އެ މޭރުމުން ވާހަކަދައްކައި އިންޒާރު ދީފައެވެ.
އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ކަމާގުޅުންހުރި އިދާރާތަކާއި އެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ނަމަވެސް މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާ، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.