
މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މެޓްރިކްސް އިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
# ދިވެހި ކުޅިވަރު # މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްކުލަބު މެޓްރިކްސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ "25 ވަނަ މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް"ގެ ފައިނަލުގައި މިރޭ ފަސޭހަކަމާއެކު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ކުލަބު މެޓްރިކްސް އިން ޖެހިޖެހިގެން ހަވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ގްރީން ސްޓްރީޓް ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 21-38 ގެ ނަތީޖާއަކުން އާޖީލަކަށް ބަލިކުރުމަށްފަހު އެވެ. އަދި ކުލަބް މެޓްރިކްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު 11-68 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްޕޯޓްސް ކުލަބު ޝައިނިންގް ސްޓާރސް ބަލިކުރުމަށްފަހު އެވެ.
މީގެ އިތުރުން މިއަހަރުގެ ގައުމީ ނެޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކުރި ކުލަބު މެޓްރިކްސް އިން މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2020، 2022، 2023، 2024، 2025 އަހަރު ހޯދިއިރު، ކޮވިޑްގެ ސަބަބުން 2021 ވަނަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ކުއާޓާ އަށް ޕޮއިންޓްގެ ލީޑަކާއެކު 13-5 ގެ ނަތީޖާއަކުން ކުލަބު މެޑްރިކްސް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ކުއާޓާގައި ކުލަބު މެޓްރިކްސް އިން އިތުރު 14 ޕޮއިންޓް ހޯދިއިރު، މިކުއާޓާގައި ކުލަބު ގްރީން ސްޓްރީޓަށް ހޯދިފައިވަނީ ހަތަރު ޕޮއިންޓެވެ.
މެޗުގެ ތިންވަނަ ކުއާޓާގައި ކުލަބް މެޓްރިކްސް އިން އިތުރު 15 ޕޮއިންޓް ހޯދިއިރު، މިކުއާޓާގައި ކުލަބު ގްރީން ސްޓްރީޓުން ހަ ޕޮއިންޓް ހޯދިއެވެ. އަދި މެޗުގެ ފަހު ކުއާޓާގައި ދެޓީމުގެ ފަރާތުން ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މިކުއާޓާގައި މެޓްރިސް އިން އިތުރު ނުވަ ޕޮއިންޓް ހޯދިއިރު، ގްރީން ސްޓްރީޓުން ވެސް އިތުރު ފަސް ޕޮއިންޓް ހޯދިއެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 51-20 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުލަބް މެޓްރިކްސް ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު މެޓްރިކްސްގެ ހަމްނާ އަބްދުއް ރަހްމާން އެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޖުނައިނާ އަހުމަދު އިސްހާގް (ކުލަބު މެޓްރިކްސް)، ލަޔާން އަލީ ރަޝީދު (ކުލަބް ގްރީން ސްޓްރީޓްސް)، ހަމްނާ އަބްދުއް ރަހްމާން (ކުލަބު މެޓްރިކްސް)، އާމިނަތު ފިރުޝާ (ކުލަބު މެޓްރިކްސް)، އައިޝަތު ސަލީމް (ކުލަބު މެޓްރިކްސް)، އައިޝަތު ރީމާ (ކުލަބް ގްރީން ސްޓްރީޓްސް) އަދި މަލަކް އިސްމާއިލް މުހައްމަދު (ކުލަބް މެޓްރިކްސް) އެވެ.
މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އަލީޝާ ނޫރުލް ސޮބާހް (ކުލަބު ގްރީން ސްޓްރީޓްސް) އެވެ. އަދި އެންމެ މޮޅު ކޯޗަކީ ކުލަބު މެޓްރިކްސްގެ ކޯޗު ނީޝާ ހަލީމް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ( ކުއީން އޮފް ދަ ޓޯނަމެންޓް) އަކީ ކުލަބް މެޓްރިކްސްގެ އާމިނަތު ފިރުޝާ އެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށް 13 މެއި 2026 އިން 21 މެއި 2026 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި މިއަހަރު 15 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 15 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މެޓްރިކްސް އިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
.jpg&w=3840&q=75)
މިއަހަރުގެ ލަންކާ މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ނުކުންނާނީ ތަށި ދިފާއުކުރަން

ދައްތަ ބަލިކޮށް ނަބާ, އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި




