logoEN
WAMCO TOP 1
ފެނަކައިގެ 48 މަޝްރޫޢެއް ކުރިއަށް؛ ގިނަ މަސައްކަތްތައް މިއަހަރަށް ނިންމަނީ!

ފެނަކައިގެ 48 މަޝްރޫޢެއް ކުރިއަށް؛ ގިނަ މަސައްކަތްތައް މިއަހަރަށް ނިންމަނީ!

އަހުމަދު ޝުރާއު

logo

5/29/2026, 2:11:55 PM

# ފެނަކަ ކޯޕަރޭޝަން

-

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބޮޑު ބައެއް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒުހިފައި، މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްގެންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ކުންފުނި ހަވާލުވިއިރު މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިހާރު ކުރިއަށްދާ 48 މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް ފެނަކައިން ދަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފް ހުސައިން ވިދާޅުވީ، އޭނާ މަގާމާ ހަވާލުވިއިރު ކުންފުނީގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އަދި މާލީ ނިޒާމު ބަލިކަށިވެފައި އޮތް ދަނޑިވަޅެއްގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ފެނަކައިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ އިތުރުން ސަރުކާރުގެ ޕީއެސްއައިޕީ (PSIP) ގެ ގިނަ މަޝްރޫޢުތަކެއްވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ޕޮލިސް ޕޯސްޓުތަކާއި، ސްކޫލް އަދި ހޮސްޕިޓަލް އިމާރާތްތައް ހިމެނެއެވެ.

މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތު:
  1. ހިނގަމުންދާ މަސައްކަތް: ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ދަނީ ހިންގަމުންނެވެ.
  2. ނިމިފައިވާ މަޝްރޫޢު: މީގެ ތެރެއިން 6 ރަށެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ.
  3. ބާރު ދުވެލީގައި: އިތުރު 6 ރަށެއްގެ މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށްދަމުންނެވެ.

މަސައްކަތްތައް ނިންމާނެ ތާރީޚުތަކާ ގުޅޭގޮތުން އަފީފް ވިދާޅުވީ، ބައެއް މަޝްރޫޢުތައް ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ގިނަ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. ނަމަވެސް ބައެއް މަޝްރޫޢުތަކުގެ ބާވަތުންނާއި ބޮޑުމިނަށް ބަލައި، ބައެއް މަސައްކަތް ނިންމުމަށް އަދި އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރަށްރަށުގައި މަޝްރޫޢުތައް ހިންގާއިރު، މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށާއި ޤާބިލު މުވައްޒަފުން ހޯދުމުގައި ދަތިތަކަކާ ކުރިމަތިވި ނަމަވެސް، ފެނަކައިގެ އެންމެ ބޮޑު ސިޔާސަތަކީ ރައްޔިތުންގެ އިތުބާރު ހޯދުމެވެ. އެހެންކަމުން، މަސައްކަތް އަވަސްކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް، ކަނޑައެޅިފައިވާ ވަގުތަށް މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފެނަކައިން ދަނީ ބާރަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC