logoEN
WAMCO TOP 1
ފެނަކަ ކޯޕަރޭޝަންގެ އައު އެމްޑީއަކަށް އަފީފް!

ފެނަކަ ކޯޕަރޭޝަންގެ އައު އެމްޑީއަކަށް އަފީފް!

އަހުމަދު ޝުރާއު

logo

4/27/2026, 10:23:00 AM

# ފެނަކަ ކޯޕަރޭޝަން

-

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް ހުސައިން އައްޔަންކޮށްފި އެވެ.

THE TRAVELLER AD

ޕީސީބީން މިއަދު ބުނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް މުހައްމަދު އަފީފް ހުސައިން އައްޔަނުކޮށްފައިވަނީ 27 އެޕްރިލް 2026 އިން ފެށިގެން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަށް އައު އެމްޑީއަކު އައްޔަނުކޮށްފައިމިވަނީ މިމަހުގެ ކުރީކޮޅު އެކުންފުނީގެ ކުރީގެ އެމްޑީ ހަސަން ނަޖާހު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.

އަފީފަކީ ދައުލަތުގެ ކުންފުނިތަކުގެ ޑިރެކްޓަރުކަމާއި ޗެއާމަންކަންވެސް މީގެ ކުރީން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް މީގެ ކުރީން އަފީފް ވަނީ އަދާކުރައްވާފައި އެވެ.

އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމު އަފީފް ވަނީ ރައީސް މުއިއްޒުގެ ހިނގަމުންމިދާ ދައުރުގައި އަދާކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC