
ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި
# ސްޓެލްކޯ# ފެނަކަ ކޯޕަރޭޝަން-
ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ބައެއް އަތޮޅުތަކުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައެވެ.ސްޓެލްކޯއިން ވިދާޅުވިގޮތުގައި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން މިހާރު ހިދުމަތްތައް ދިނުމާއި އެ ޚިދުމަތްތައް ތަރައްޤީކުރުމުގެ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން، ބ އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ހިދުމަތެއް، ސްޓެލްކޯ އަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މިއާއެކު ފެނަކައިން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯއާ މިއަދު ވަނީ ހަވާލުކޮށްފައެވެ. އެެއީ، ބ،ޅ،މ އަތޮޅެވެ.
މިއަދު ފެނަކައިގައި ބޭއްވި އިވެންޓެއްގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީގެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕުއިޓީ މެނޭޖިން ޑިރެކްޓަރު ޑރ.އަލީ އަޒުހަރެވެ.
މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ދިނުމާއި ސްޓެލްކޯއިން ހަވާލުވުމަށް ވަނީ ހަމަޖެހިފައެވެ.
މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެއެވެ.
ގުޅުންހުރި

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި

ތަކަންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ގެނައި އައު ޖެންސެޓް ބޭނުންކުރަން ފަށައިފި

ފޭސް ދޭކުން އިއްޔެ ކަރަންޓު ކެނޑުނީ މައި ހަތަރު ކޭބަލްގެ ތެރެއިން ކޭބަލަކަށް ގެއްލުންވެގެން، ބެލެވެނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް!




