
ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ - ފެނަކަ
# ފެނަކަ ކޯޕަރޭޝަން-
ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން އާއްމުކުރަމުން އަންނަ މި ދަނޑިވަޅުގައި، ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާރިޗު މަހުު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުޞޫލުން ކަމަށެވެ.
އެ ކުންފުނިން ޢަމަލު ކުރަމުންދާ އުޞޫލަކީ ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި އާންމުކޮށްފައިވާ އުޞޫލެއްކަން ފާހަގަކޮށް ވިދާޅުވީ، އެ ކުންފުނިން ޚިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށެވެ.
ފެނަކައިން ބުނީ، އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކް ކުރަން ބޭނުންވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ ކުންފުނިން ވަނީ، ކޮންމެ އަހަރެއްގެވެސް މާރިޗު މަހާއި އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ ޢަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރު ކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ގުޅުންހުރި

ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ - ފެނަކަ

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި

ތަކަންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ގެނައި އައު ޖެންސެޓް ބޭނުންކުރަން ފަށައިފި




